ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 19:45
ޕްރިމިއާ ލީގުގެ މި ސީޒަނުގައި އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރިމިއާ ލީގުގެ މި ސީޒަނުގައި އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު އަލުން ފެށުން
ޖޫން 17 ގައި ޕްރިމިއާ ލީގު ފަށަން ނިންމައިފި
 
ޕްރިމިއާ ލީގުން 12 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި
 
ޖޫން މަހުގެ 17 ވަނަ ދުވަހު ދެ މެޗެއް ކުޅުމަށް މިހާރު ވަނީ ތާވަލުކޮށްފައި
 
ޖޫން މަހު ޕްރިމިއާ ލީގު ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ދީފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނދާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ޖޫން މަހުގެ 17 ވަނަ ދުވަހު ފަށަން ކްލަބުތަކުން ފާސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިނގިރޭސިވިލާތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު، ޖޫން މަހު ޕްރިމިއާ ލީގު އަލުން ފެށުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. އެއާއެކު ކްލަބުތަކުން ވަނީ ލީގު އަލުން ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ބީބީސީ ސްޕޯޓްސް އިން ރިޕޯޓުކުރި ގޮތުގައި ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމުގައި ކްލަބުތަކުން ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފެށުމަށް އެއްބަސްވެފައެވެ. އެގޮތުން 17 ވާ ބުދަ ދުވަހު ދެ މެޗެއް ކުޅުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އެއީ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗާއި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހު ލީގު އަލުން ފަށަން ކްލަބުތަކުން ނިންމިއިރު، ޕްރިމިއާ ލީގުން އަންނަނީ ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ތިން ބުރެއްގެ މަތިން ޓެސްޓު ނަގާފައިވާއިރު، 12 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ޓެސްޓު ކުރުމުގެ ހަތަރުވަނަ ބުރެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.

ޖުމްލަ 12 މީހަކު މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، ބުދަ ދުވަހު ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ފާސްކޮށްފައެވެ.

މާޗު މަހުގެ 8 ވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

ލީގު މެދުކަނޑާލިއިރު އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް