ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 19:28
މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު- މިނިސްޓަރ ވިދާޅުވީ، ކޮންމެ 14 ދުވަހަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް
މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު- މިނިސްޓަރ ވިދާޅުވީ، ކޮންމެ 14 ދުވަހަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް
ރައީސް އޮފީސް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު
ގެއްލުނު ވަޒީފާތައް ހޯދައިދިނުމާއި، ވިޔަފާރިތައް ކޮޅަށް ޖެހުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ބިންގާ: މިނިސްޓަރ
 
ކޮންމެ 14 ދުވަހަކުން ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެ
 
މި ބައްދަލުވުމުގައި ކަމާބެހޭ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވި
 
ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާ ކުރެއްވި

ގެއްލިފައިވާ ވަޒީފާތައް އިޔާދަ ކޮށްދިނުމާއި، އިނދަޖެހިފައިވާ ވިޔަފާރިތައް ކޮޅަށް ޖެހުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ބިންގާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އިން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ފައިސާއާއި، ސިނާއަތުގެ މުވައްޒަފުންގެ ވަޒީފާތައް އިއާދަ ކޮށްދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި، ފަތުރުވެރިކަމަށް އަލުން ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގައި ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމުގައި ހުރިހާ ޤައުމަކުންވެސް ރައްކާތެރިކަމަށް އިސްކަންދިނުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ކޮންމެ 14 ދުވަހަކުން ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވައި ނިންމުންތައް މުރާޖަޢާ ކުރެވޭނެ ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯގެ ސެކެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ސްޕެއިންގެ މިނިސްޓަރ އޮފް އިންޑަސްޓްރީ، ކޮމާސް އެންޑް ޓޫރިޒަމް ރެޔެސް މަރޯޓޯ، ޔޫއޭއީގެ މިނިސްޓަރ އެޑްވައިސަރ ފޮރ ޓޫރިޒަމް އެފެއާޒް މުޙައްމަދު އަލް މައިރީގެ އިތުރުންވެސް ކަމާބެހޭ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް