ކ. މާލެ
|
25 މެއި 2020 | ހޯމަ 13:19
ތައިލެންޑުގެ 15 މީހަކު ގައުމަށް އަނބުރާ ދިއުމަށް ވެލާނާ އެއަރޕޯޓުގައި
ތައިލެންޑުގެ 15 މީހަކު ގައުމަށް އަނބުރާ ދިއުމަށް ވެލާނާ އެއަރޕޯޓުގައި
ރާއްޖެއެމްވީ
ތައިލެންޑުގެ 15 މީހަކު ފުރުވާލުން
ތައިލެންޑްގެ އިތުރު ބަޔަކު އަނބުރާ ގައުމަށް ފުރުވާލައިފި
 
ހޯމަ ދުވަހު ފުރި ފުލައިޓަކީ ޗާޓާ ކޮށްގެން ތައިލެންޑަށް މީހުން ގެންދިޔަ 4 ވަނަ އަދި އެންމެ ފަހު ފުލައިޓް
 
15 މީހަކު ފުރުވާލަފައިވާ އިރު، ކޮލޮމްބޯގައި ތިބި 63 މީހަކު ވެސް މި ފުލައިޓުގައި އަނބުރާ ގައުމަށް ދާނެ

ރާއްޖޭގައި ތިބި ތައިލެންޑްގެ އިތުރު ބަޔަކު އަނބުރާ ގައުމަށް ފުރުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ ތައިލޭންޑުގް ކޮންސިއުލޭޓުން ބުނީ އެ ގައުމުގެ 15 މީހަކު ރާއްޖެއިން އަނބުރާ ގައުމަށް ދިއުމަށް ފުރާފައިވާ ކަމަށެވެ. އަދި އެމީހުން ފުރާފައި ވަނީ ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފުލައިޓެއްގައި ކަމަށެވެ.

ޗާޓަރު ކޮށްފައިވާ މޯލްޑިވިއަންގެ މި ފުލައިޓުން ރާއްޖެއިން 15 މީހަކު ފުރުވާލަފައި ވާއިރު، ކޮލޮމްބޯގައި ތިބި 63 މީހަކު ވެސް މި ފުލައިޓުގައި އަނބުރާ ގައުމަށް ދާނެ ކަމަށް ތައިލޭންޑްގެ ކޮންސިއުލޭޓުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ރާއްޖޭގައި ތިބި ތައިލެންޑުގެ 349 މީހަކު ވަނީ އަނބުރާ ގައުމަށް ފުރުވާލާފަ އެވެ. އަދި މި އެއްމެންވެސް ފުރުވަލާފައި ވަނީ މޯލްޑިވިއަންގެ ޗާޓަރ ފްލައިޓުތަކުގަ އެވެ.

ހޯމަ ދުވަހު ފުރި ފުލައިޓަކީ ޗާޓަރު ކޮށްގެން ތައިލެންޑަށް މީހުން ގެންދިޔަ 4 ވަނަ އަދި އެންމެ ފަހު ފުލައިޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް