ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ދިރާސީ އާ އަހަރުގެ ކިޔެވުން

ދިރާސީ އާ އާހަރުގެ ކިޔެވުން ފެށޭނީ އަންނަ އަހަރު މެދު ތެރޭގައި: މިނިސްޓަރު

  • އެހެން ވިދާޅުވީ، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި
  • އެންމެ އިސްކަމެއް ދެނީ ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 21:51 | 7,047

ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ - ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް އައި ބަދަލުތަކާއިއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަހަރުގެ މެދު ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރު/ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިބަދަލާއި އެކު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ 'ޝަހާދާ ސާނަވިއްޔާ' އިމްތިހާންތައްވެސް މިއަހަރު ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.

މި އިމްތިހާން ވެސް އޮންނާނީ މޭ/ޖޫން ގައިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި މިއަހަރު ޝަހާދާ ސާނަވިއްޔާ އިމްތިހާން ހަދާ އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޭ/ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.