ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ލޮކްޑައުންއަށް ލުއި ދިނުން

ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރުން ދުވަސް ކަނޑައަޅައިގެނެއް ނޫން: މަބްރޫކް

  • ލުއި ދޭނެ ވަކި ދުވަހެއް ނުނިންމާ
  • ލުއި ދިނުމަށް ނިންމާނީ ޑޮކްޓަރުން ޓީމުން
  • ލުއި ދޭނީ ބޭނުންވާ ލަނޑުދަނޑި ހާސިލްވީމަ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 02:03 | 1,331

ލޮކްޑައުންގެ ތެރޭގައި މަގުމައްޗަށް ނުކުމެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން - ޕޮލިސް

ލޮކްޑައުން އަށް ލުއި ދެނީ ކަލަންޑަރަށް ބެލުމަށްފަހު ދުވަސް ކަނޑައަޅައިގެން ނޫން ކަމަށާއި، ލުއި ދެނީ ލަނޑުދަނޑި ހާސިލް ކުރެވުނީމަ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ލޮކްޑައުން އިން ފުރަތަމަ ފޭސްގައި ލުއި ދޭނެ ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ފޭސް އެކެއްގައި ދޭނެ ލުއިތަކަށް ކަނޑައެޅުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ލޮކްޑައުންގައި ލުއި ދިނުމަށް ނިންމާނީ ޑޮކްޓަރުންގެ ޓީމުން ކަމަށާއި، ދެވޭ ލުޔެއްގެ ސަބަބުން ކޮވިޑް-19 ގެ ކޭސްތައް އިތުވާނަމަ އަނެއްކާ ވެސް ލޮކްޑައުންއަށް ދާން ޖެހޭނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ ފޭސް އެކެއްގައި ލުއިތައް ދޭނީ ވެސް ކޭސްތައް އިތުރުވެދާނެ ކަމަށް ބަލައިގެން ކަމަށާއި، ފޭސްތަކަށް ބަހާލި މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށެވެ. ފުރަތަމަ ލުއިތައް ދިނުމަށްފަހު ވަމުންދާނެ ގޮތް މޮނިޓަރ ކުރެވޭނެ ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ.

ލޮކްޑައުންގެ ހާލަތުން ލުއިތަކެއް ދެވޭއިރުގަ ޕޮޒިޓިވް ކޭސްތައް ފެންނަވަރު އިތުރުވާކަން އެއީ ދެން ހުރިހާ ގައުމުން ކަހަލަ ގޮތަކަށް ގާތްގަނޑަކަށް ފެންނަ ކަމެއް. އެތަން އަތުން ކައްސާލައިގެން އޮބި ނޯންނާނަ ވަރަށް އިތުރުވެގެންދަނީތޯ އަޅުގަނޑުމެން ބަލަންޖެހޭނީ. އެހެން ވިޔަ ނުދިނުމަށް ރޭވިފައި ހުންނަ ރޭވުންތައް ފޭސް އެކެއްގައި ވެސް ހުންނާނީ. ދެން އެކަންތައް ވުމަށްފަހުގައި އަޅުގަނޑުމެން ކޮންމެސް ވަރެއްގެ ބެލުމަށްފަހު ނިންމާނެ ފޭސް ދޭކަށް ދެވެނީ ކިހާވަރެއް ވީމަތޯ.

~ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

މަބްރޫކް ވިދާޅުވީ ލުއިތައް ދެމުންދާނީ ކަލަންޑަރަށް ބަލައިގެން ދުވަސް ކަނޑައަޅާގެން ނޫން ކަމަށާއި، ކްރައިޓީރިއާ ތަކަށް ބަހާލަގައިގެން ކަމަށެވެ. ފެންނަ ނަތީޖާއަށް ބެލުމަށްފަހު ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވަމުންދާ ވަރަކަށް ލުއިތައް ދެމުންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް މަޑުމަޑުން ހުރިހާ ލުއިތަކެއް ދެމުންދާނެކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ލުއި ދިނުމުގައި ބަލާނީ ބަލި ޖެހެމުންދާ ރޭޓާއި، ސާރީ ކޭސްތައް ގޮތުގައި ފެންނަ ކޭސްތައް ހުރީ ކިހާ އަދަދަކަށްތޯއާ، އެހެން ކްލާސްޓަރ ތަކާއި ނުގުޅި ފެންނަ ކޭސް ކިހާ ކޭސްއެއް ފެންނަމުން ދޭތޯއާ، ކޭސްތައް މަދުވާ މިންވަރާއި، ހެލްތް ކެއަރ ސިސްޓަމްގެ ކެޕޭސިޓީއާ، މޫވްމަންޓް ކޮންޓްރޯލް ކުރާ މިންވަރުގެ އިތުރުން ވެސް ގިނަ ކަންކަމަށް ބަލާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.