ހޮނިހިރު 08 އޯގަސްޓު 2020
11 އަހުލިހަ
1441 ޒުލްޙައްޖު 18
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:32
އިރުއޮއްސޭ 18:22
އިޝާ 19:36
ފުރަބަންދަށް ލުއި ދިނުން

ފުރަބަންދަށް ލުއި: ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމަށް ހުއްދައެއް ނުދޭނެ

  • އެއްރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދައެއް ވެސް ނޯންނާނެ
  • މާލެއިން ރަށަށް ދާން ބޭނުންވާނަމަ ކަރަންޓީންއަށް ދާން ޖެހޭ
  • ރަށްރަށަށް މުދާ ގެންދާ އުސޫލުން މުދާ ގެންދެވޭނެ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 02:16 | 19,640

ބޯޓަކަށް މުދާ އަރުވަނީ، މިހާރު އޮންނަ އުސޫލުން ރަށްރަށަށް މުދާ ގެންދެވޭނެ - ރާއްޖެއެމްވީ

މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ފުރަތަމަ ފޭސްގައި ރަށްރަށަށް ދިއުމުގެ ހުއްދަ ނުދޭނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ލުއިތައް ދެނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފޭސް އެކެއްގައި ދެވޭނެ ލުއިތައް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރު ކުރެވިފައިވާ މަޝްވަރާތަކުގެ ދަށުން ފުރަތަމަ ފޭސްގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލެއިން އަތޮޅު ތެރޭގެ ރަށަށް ދިއުމަށް ވެސް އެމީހަކު ފުރަތަމަ ދާން ޖެހޭނީ ކަރަންޓީނަށް ކަމަށެވެ.

އަޅުގަނޑުމެން އެކި ފޭސްތަކަކަށް ބަހާލައިގެން ކުރެވޭ މަސައްކަތެއް. އާންމު ހާލަތަށް ދެވޭއިރުގައި އެއްރަށުން އަނެއް ރަށަށް ދެވޭނެ. އެހެން ނަމަވެސް މިހާރު ދެކެވިފައި ހުރި ވާހަކަތަކަށް ބަލާއިރު މިހާރު އެފައިނަލައިޒް ކުރަމުން އެދަނީ ފޭސް އެކެއްގައި ދޭ ހުރިހާ ލުއިއެއް. މިހާރު ދެކެވިފައި ހުރި ވާހަކަތަކަށް ބަލާއިރު ފޭސް އެކެއްގައި ހުޅުވާލެވިގެން އެފުރުސަތެއް ނޯންނާނެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި.

~ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

ރަށްރަށަށް މުދާ ގެންދިއުމާ ބެހޭ ގޮތުން މަބްރޫކް ވިދާޅުވީ މިހާރު ދަތުރުކުރާ ގޮތަށް މުދަލާއި ތަކެތި ގެންދެވޭނެ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ ފުރަބަންދުން ފޭސް އެކެއްގައި ދެވޭ ލުއިތައް ހޮނިހިރު ދުވަހުގެ ރޭ ނުވަތަ އާދިއްތަ ދުވަހުގެ ރޭ އާންމު ކުރެވިގެންދާނެ ކަމަށެވެ.

މިހާރު އޮންނަ އުސޫލަށް ބަލާކަމުގައި ވަނީނަމަ، މާލެގައި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން ބޭނުންވާ ފަރާއްތައް ގެންދެވެނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށެވެ. މިހާތަނަށް ހަތް ރިސޯޓެއް މި ބޭނުމަށް ހާއްސަ ކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. މާލޭ ސަރަހައްދުގައި އަނބުރާ ރަށަށް ދާން ބޭނުންވެފައި ތިބި މީހުންގެ އަދަދު 5000ށް އަަރަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.