ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ބޮލީވުޑް

ވިދްޔުތު ޖަމްވަލް ސިނގިރެޓް 'ބަޓަކުން' ލުނބޯ ފަޅިކުރާ ގޮތް އެނގޭތަ؟

  • މި ވީޑިއޯ ވިދްޔަތު ޕޯސްޓްކޮށްފައިވަނީ އިންސްޓަރގްރާމަށް

ކ. މާލެ | 22 މެއި 2020 | ހުކުރު 17:24 | 1,265

ވިދްޔުތު ޖަމްވަލް - ބޮލީވުޑް ލައިފް

އެކި މީހުންނަކީ ތަފާތު އެކިކަހަލަ ހުނަރުތައް ލިބެފައިވާ މީހުންނެވެ. އެގޮތުން ބޮލީވުޑްގެ ތަރިންނަށް ބަލާއިރުވެސް އެމީހުންނަށް ލިބިފައިވާ އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން އެކިކަހަލަ އެހެން ހުނަރުތައްވެސް ލިބިފައިވެ އެވެ.

އެގޮތުން ބޮލީވުޑްގެ އެކްޓްރަ ވިދްޔަތު ޖަމްވަލް ވެސް މިވަނީ އޭނާއަށް ލިބިފައިވާ އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން އެހެން ހުނަރެއް ބެލުންތެރިންނަށް ދައްކާލާފަ އެވެ. ހިންދީ ފިލްމު ސީރީޒް އިން ކޮމާންޑޯއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މިތަރި މިފަހަރުއިންސްޓަރގްރާމަށްދޫކޮށްލީ ސިނގިރެޓް ބޭނުންކޮށްގެން އޮރެންޖާއި ލުނބޯ ފަދަ ތަކެތި ފަޅިކުރާނެ ގޮތްތަކެވެ. ޓިއުޓޯރިއަލް އެއްގެ ގޮތުގައި މި ހުނަރު އޭނާ ބެލުންތެރިންނާ ހިއްސާކުރި އިރު މި ވީޑިއޯގެ ދިގުމިނަކީ 2:02 އެވެ.

ވީޑިއޯ ފަށަމުން ވިދްޔުތު ބުނަނީ ކެއްކުމުގެ ޚާއްސަ ކަންތައްތަކެއް ގެނެސްދިނުމަށް ތައްޔާރުވާ ވާހަކަ އެވެ. އަދި ދާދިފަހުން އޭނާ ދިޔަތާކުން ތަފާތު ގޮތަކަށް ކާއެއްޗެހި ފަޅިކޮށް ކަންތައް ކުރާ މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ. ލުނބޯ ، އޮރެންޖް ފަދަ ތަކެތި ފަޅިކުރަން ނުވަތަ ކޮށަންވެސް ވަޅި ފަދަ އެއްޗެއް ނުލިބޭނަމަ ކަންތައްކުރާނެ ގޮތެއް އޭނާ ކިޔައިދެ އެވެ. ސިނގިރޭޓަކީ ސިއްހަތަށް ގެއްލުން އެއްޗެއްކަމަށް ބުނަނީ ކީއްވެތޯ އޭނާ ސުވާލުކުރެ އެވެ. އަދި އެސުވާލަށް ޖަވާބު ދެމުން އޭނާ ބުނަނީ ސިނގިރޭޓުން މީހުން ހަލާކުވެގެންދާ ކަމަށެވެ. އޭގެން މީހުން "ކަޓް" ކުރެވޭނެ ކަމަށް ވިދްޔުތު ބުނެ އެވެ.

ވީޑިއޯއިން ފެންނަނީ ސިނގިރޭޓްގައި އަލިފާން ރޯކުރުމަށް ފަހު އޭގެން ލުނބޯ ފަޅިކުރަން އުޅޭ މަންޒަރެވެ. އަދި މިފަދަ ތަފާތު އެކި ކަހަލަ ކަންކަމަށް ސިނގިރޭޓް ބޭނުންކުރެވިދާނެ ކަމަށް ވިދްޔުތު ބުނެ އެވެ.

ވިދްޔުތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ ހުދާ ހާފިޒް މި ފިލްމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.