ކ. މާލެ
|
22 މެއި 2020 | ހުކުރު 12:50
އައްޑޫސިޓީގެ މަގެއް، މިސިޓީގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދޭ
އައްޑޫސިޓީގެ މަގެއް، މިސިޓީގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދޭ
ރާއްޖެއެމްވީ
ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް
އައްޑޫގައި ތިބި ބަންގްލަދޭޝް މީހުން ގައުމަށް ދާން ބޭނުންނަމަ ރަޖިސްޓްރީވުމަށް އެދިއްޖެ
 
ލިޔެކިޔުން ފުރިހަމަނުވާ މީހުންނަށް ވެސް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ
 
ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް މީހުން އެބަތިބި
 
25 މެއިގެ ކުރިން ރަޖިސްޓްރީވަން ޖެހޭ

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ މީހުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކުން އައްޑޫގެ އަވަށްތަކުގައި ގާއިމު ކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުގައި 2020 މޭ 25 ވަނަ ދުވަހުގެ 20:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެދޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އައްޑުއަށް ބަންގްލަދޭޝް ރައްޔިތުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް އެއަވަށެއްގެ އެސް.އެސް.ޑީ ތަކުގައި ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓަރީ ކުރެވިދާނެ ކަމަށެވެ. މީގެ އިތުރަށް ކައުންސިލުން ބުނީ، އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަ ނުވާ މީހުންނަށް ވެސް ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެސް.އެސް.ޑީ ތަކުގައި ރަޖިސްޓަރީކުރުމަށް ގުޅާނެ ނަންބަރުތައް:-

  1. ހިތަދޫ އިން 7789042
  2. މަރަދޫ އިން 7789043
  3. މަރަދޫފޭދޫ އިން 7789045
  4. ފޭދޫ އިން 7789044
  5. މީދޫ އިން 7789041
  6. ހުޅުދޫ އިން 7789046

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އަނބުރާ ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ތާށިވި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް ވަނީ އެމީހުންގެ ގައުމަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަތައް ބޮޑުވެފައި ވާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހައްދަން ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
67%
33%
ކޮމެންޓް
22 މެއި 2020 | ހުކުރު 23:29
އައްޑޫ ރައްޔިތުން
އެއްވެސް ރަށެއް ގައި ޤާނޫން އާއި ޚިލާފަށް އުޅޭ ނަމަ ހައްޔަރު ކުރަން ގޮވާލްން އެމީހަކު ރާއްޖެ އެތެރެކުރި ފަރާތަކުން އެތެރެ ކުރިމަސައްކަް ނޫން މަސައްކަތް ކުރާނަމަ އެވާނީ ޤާނޫނީ ކުށާކަށް އެމީހަކު ރަށުން ބާލާ އަވަހަށް!!!!!!!!!!!!