ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
އުރީދޫގެ އީދު ހަދިޔާ

މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ

  • މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ ފޮނުވާލެވޭނެ
  • ޢީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބޭ

ކ. މާލެ | 22 މެއި 2020 | ހުކުރު 06:58 | 858

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީ އިފްތިތާހްކުރުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން - ރައީސް އޮފީސް

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީގައި "ޢީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފަރ އެއް އިއުލާންކޮށްފިއެވެ.

އުރީދޫން ބުނީ އީދަށް ޚާއްސަކޮށް ތައާރަފްކުރި މި އައު ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ ފޮނުވާލެވޭނެކަމަށެވެ.

ހަދިޔާތަކުގެ ތެރޭގައި، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސްގެ އާދަޔާ ޚިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް"، "ކެރަޓް ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް" ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯރ އަދި ލިންކް ސާރވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުރުން 'ތަކެތި' ފޮތް ވެސް ހިމެނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  2. ކެޓެގަރީއިން ޢީދު ހަދިޔާ ހިޔާރުކުރައްވާ
  3. ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
  4. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
  5. ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތަށް ދޭން ބޭނުންވާ ހާއްސަ މެސެޖް ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖައްސަވާ
  6. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެފަރާތަކަށް ސެމްސަންގ ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ. ލަކީޑްރޯ ގައި ބައިވެރިވުމަށް ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރައްވުމަށްފަހު، ހަދިޔާގެ ފޮޓޯއެއް EidHadhiyaa #DeliveredByMoolee# ޖައްސަވާފައި 30 މެއިގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރެއްވުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި މޫލީ މެދުވެރިކޮށް ޢީދު ހަދިޔާ އަށް އޯޑަރުކޮށް ހަދިޔާ ލިބޭފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެއެވެ. ޢީދު ހަދިޔާ ޕެކޭޖްގައި ހިމެނިފައިވަނީ ބައްލަވާގަތް އައިޓަމްގެ އިތުރުން ޢީދު ތަހުނިޔާ ކާޑަކާއި އެކު މޫލީގެ ސްޓިކަރ އެކެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާގޮތެއްގައި ދެމުން އަންނަ އުރީދޫން ބުނިގޮތުގައި މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭގެ އިރުޝާދުތަކާއި އެއްގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.