ކ. މާލެ
|
22 މެއި 2020 | ހުކުރު 08:23
މިނިސްޓަރ އަލީ ވަހީދު: ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން ނިންމާފައިވަނީ ޖުލައި މަހު
މިނިސްޓަރ އަލީ ވަހީދު: ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން ނިންމާފައިވަނީ ޖުލައި މަހު
ޓޫރިޒަމް މިނިސްޓްރީ
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން
ބޯޑަރު އަލުން ހުޅުވާލާއިރު، ފަތުރުވެރިންގެ އަތުން އިތުރު ފީތަކެއް ނުނަގާނެ
 
ފައިނަލް ޑްރާފްޓް ނިމޭއިރު އެންމެން ބޭނުންވާ ބަދަލުތައް ފެންނާނެ: އަލީ ވަހީދު
 
އެއީ އެހެން ހާލަތެއްގައި އަމަލުކުރަން އެކުލަވާލާފައިވާ އުސޫލެއް: އަލީ ވަހީދު
 
އިތުރު ފީތަކެއް ނަގަން ތާއީދެއް ނުކުރަން: އަލީ ވަހީދު

ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު، ޓޫރިޒަމް މިނިސްޓްރީގެ ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓުގައި ހިމެނި ފީތައް ނުނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހާމަކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، މިހާރު އާންމުވެގެން އުޅެނީ ބަލި ބޮޑަށް ފެތުރިފައިވާ ހާލަތުގައި އަމަލުކުރަން އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ. އެ އުސޫލު ތައްޔާރު ކުރެވުނީ ބޯޑަރު ބަންދު ކުރެވުނު ފަހުން ރާއްޖެއަށް ދިގު މުއްދަތެއްގައި ކަރަންޓީނު ވާން އަންނަން ބޭނުންވި ފަތުރުވެރިންނަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ބޯޑަރު ބަންދުކުރުމަށް ފަހު ވެސް ރާއްޖެއަށް ދިގު މުއްދަތަކަށް ކަރަންޓީނު ވާން އަންނަން ބޭނުންވެގެން ބޯޑަރު ހުޅުވުމުގެ ހުއްދައަށް އެދި އެތައް ބަޔަކު ތިބިކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވިދާޅުވީ، އެއީ އެ ހާލަތުގައި އަންނަން ބޭނުންވި ފަރާތްތަކަށް ހަމަހަމަ، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން އަމަލު ކުރުމަށް އެކުލަވާލި ޑްރާފްޓެއް ކަމަށެވެ.

މި ދެލި ކޮޕީ ތައްޔާރު ކޮށްފައި މިއޮތް ހާލަތަކީ މިހާރު އެސް ވީ ސްޕީކް ޓުޑޭ އަޅުގަނޑުމެން ފޯރސީ ކުރާ ހާލަތެއް ނޫން. މި ދެލި ކޮޕީއިން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މީގައި މިއޮތީ ރާއްޖޭގައި މިސާލަކަށް މި ބަލި މިއަށް ވުރެ ބޮޑަށް ފެތުރިފައި އޮންނަ ހާލަތެއްގައި އެތައް ފަތުރުވެރިންތަކެއް އެދެމުން ދިޔަ ރާއްޖެއަށް ކަރަންޓީނު ވާން ވިޔަސް ރާއްޖޭގައި ކޮންމެ ހާލެއްގައި ވިޔަސް ރާއްޖޭގެ ރިސޯޓްސްތަކަށް އައިސް އެ މީހުން ދިގު މުއްދަތަށް ތިބެން، ބޯޑަރު ހުޅުވަން ނުވަތަ ހުއްދަތައް ދޭން.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު ވަނީ ޑްރާފްޓް އާންމުކުރި އެސޯސިއޭޝަނުން އެކުރީ ވަރަށް "އަންޕްރޮފެޝަނަލް" ކަމެއް ކަމަށް ވިދާޅުވެ، އެއީ ވަރަށް "ހިތާމަވެރި" ކަމެއްގެ ސިފަކުރައްވާފަ އެވެ. އަދި އެހެން އެކަން ކުރުމާއި ކަމުގެ ހަގީގަތް އޮޅިފައިވާ އަސްލު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑްރާފްޓް އެކުލަވާލީ މަޝްވަރާ ކުރުމެއް ނެތިކަމަށް ބުނެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައި، އަލީ ވަހީދު ވިދާޅުވީ މިހާރު ތައްޔާރުކުރަމުން އަަންނަނީ އުސޫލުގެ ތިންވަނަ ޑްރާފްޓް ކަމަށެވެ. އަދި މި ޑްރާފްޓް އެކުލަވާލާނީ ސިނާއަތުގެ މަސްލަހަތުވެރިންގެ މަޝްވަރާއާއެކު ކަމަށް ވިދާޅުވި އެވެ. އެގޮތުގެ މަތިން ފާއިތުވި ދެ ދުވަހު މަޓީ، ސިވިލް އޭވިއޭޝަން، އެމްއޭސީއެލް، އެމްއެމްޕީއާރްސީ އަދި ޑރ. އަލީ ލަތީފް ހިމެނޭގޮތަށް މަޝްވަރާތަކެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ.

ތިންވަނަ ދެލި ކޮޕީއާ ހަމައިގައި އަޅުގަނޑުމެން މިތިބީ، އިންޑަސްޓްރީއާ ކުރެވެމުންދާ މަޝްވަރާތަކުގައި ވަކިން ހާއްސަކޮށް މަޓީއާ އެއްކޮށް އަޅުގަނޑުމެން އިއްޔެއާ އަދި މިއަދާވެސް އޭގެ އިތުރުން އެމްއޭސީއެލް އަދި އެއަރޕޯޓ ސިވިލް އޭވިއޭޝަން ޓެގް ޓީމުގެ އަލީ ލަތީފާ އެމްއެމްޕީއާރްސީއާއެކު އަޅުގަނޑުމެން މި އަންނަނީ ވޯކްއައުޓް ކުރަމުން
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު އިތުރަށް ވިދާޅުވީ ރާއްޖެއަކީ އަގުބޮޑު މަންޒިލަކަށް ހަދާކަށް ބޭނުން ނުވާކަމަށާއި، ބޭނުންވަނީ ރާއްޖެއަކީ ބޮޑަށް މީހުން އަންނަ މަންޒިލަކަށް ހެދުމަށް ކަމަށެވެ. މިނިސްޓަރ ވަނީ ޖުލައި މަހު ނިމިގެން އަންނަ ޕޮލިސީން ހުރިހާ ފަރާތްތަކުން ބޭނުންވާ ބަދަލުތައް ފެންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ސޮނޭވާ ޖާނީ ރިސޯޓް: ރިސޯޓުގެ އޯނަރު ސޯނޫ ވަނީ ބޯޑަރު ހުޅުވާލުމަށް ގޮވާލާފައި

އާންމުވެގެން އުޅޭ ޑްރާފްޓުގައި ފަތުރުވެރިންގެ އަތުން 200 ޑޮލަރު އިތުރަށް ނެގުމަށް ހިމަނާފައި އޮތުމުންނާއި އޭގައި ހިމަނާފައިވާ ބައެއް ޝަރުތުތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް