އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ރޯދަ ބަދިގެ 1441

ކްރީމިީ ޗޮކްލެޓް މޫސް

  • މިއީ ވަރަށް ޗޮކްލެޓް ރަހަ ގަދަ، ކްރީމީ ޑިޒާޓެއް!

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 12:47 | 6,879

ޗޮކްލެޓް މޫސް، ސްޕައިސް ބަންގްލާ - ގޫގުލް

ޗޮކްލެޓް މޫސް އަކީ ގޭގައި ތައްޔާރު ކޮށްލަން ފަސޭހަ އަދި އެހާމެ ރަހަ މީރު ޑިޒާޓެކެވެ. މި ރެސިޕީގެ ތަފާތު ކަމަކީ، މީރު ޗޮކްލެޓް މޫސްއެއް ތައްޔާރު ކޮށްލަން މަދު އެއްޗެއް ބޭނުން ކުރާތީއާއި، ރެސްޓޯރަންޓް ކޮލިޓީ އަށް ވުރެއް މާ މީރުކޮށް ތައްޔާރު ކޮށްލެވޭ ރެސިޕީ އަކަށް ވާތީއެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ބިސް
  • 1/4 ޖޯޑު ހަކުރު
  • 1 1/2 ޖޯޑު ވިޕިންގ ކްރީމް (ފިނިކޮށް)
  • 1 ޖޯޑު ވިޕިންގ ކްރީމް (ވަކިން)
  • 100 ގުރާމް ޑާރކް ޗޮކްލެޓް
  • 100 ގުރާމް މިލްކް ޗޮކްލެޓް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ހޭންޑް މިކްސަރަކުން ބިހާއި ހަކުރު ވިސްކުކުރާށެވެ.

ދެން 1 ޖޯޑު ކްރީމްކޮޅު ހޫނު ކޮށްލާށެވެ (ކެކުނަ ނުދޭތި).

އެއަށްފަހު މަދު މަދުން ބިސް މިކްސްޗަރު ތެރެޔަށް އަޅަމުން ހަލަމުން ގެންދާށެވެ.

އެއަށްފަހު އަނެއްކާވެސް މަޑު ގިނީގައި ކައްކަން އުނދާށެވެ، 5 މިނެޓް ވަންދެން ހާވަލާށެވެ. ނިމޭ އިރު ހުންނަން ވާނީ އޮލަ ކޮށެވެ.

އެއަށްފަހު ޗޮކްލެޓްތައް ކުދިކޮށް ކޮށާފައި އޭގެ ތެރެޔަށް އެއްކޮށްލާށެވެ.

ސްމޫތް ވުމުން ހިހޫކުރަން ބަހައްޓާފައި 2 ގަޑި އިރު ވަންދެން ފުރިޖުގައި ފިނިކޮށްލާށެވެ.

2 ގަޑިއިރު ހަމަ ވުމުން ބާކީ ހުރި ކްރީމް ކޮޅު ވަކިން ވިޕް ކޮށްލާށެވެ. ފިނިކުރި ޗޮކްލެޓް މިކްސްޗަރު މި ބަޔަށް އެއްކޮށްލާފައި ރަނގަޅަށް ގަށައިލާށެވެ.

ކްރީމްކޮޅު ގެށޭނީ ފިނިކޮށް ހުރިއްޔާއެވެ. ރަނގަޅަށް އެއްވުމުން އަނެއްކާ ފިނިކުރަން ލާށެވެ.

މި ޑިޒާޓު އެންމެ މީރު ވާނީ ފިނިކޮށް ހުރިއްޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.