ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ކާރްތިކް އާރްޔަން

އިންޑަސްޓްރީ އަށް ލިބުނު ގެއްލުމުން އަރައިގަތުމައް ފީ ކުޑަކުރަން އޯކޭ: ކާރްތިކް

  • މިހެން ބުނެފައިވަނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި

ކ. މާލެ | 20 މެއި 2020 | ބުދަ 22:33 | 1,645

ކާތިކް އާރްޔަން - އިންޑިއާ ޓައިމްސް

ފިލްމު އިންޑަސްޓްރީ އަށް ދިމާވެފައިވާ ގެއްލުމުން އަރައިގަތުމަށް ފީ ކުޑަކުރަން އެއްބަސްވާ ކަމަށް ކާރްތިކް އާރްޔަން ބުނެފި އެވެ.

ކޮވިޑް19ގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި ފިލްމު އިންޑަސްޓްރީތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެހެންކަމުން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެންގެ ފީތައް ވެސް ކުޑަކުރަން ޖެހޭނެކަން ވަނީ އެނގިފަ އެވެ.

މި ކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގެ އެވެ. އަދި މިކަމުން އަރައިގަތުމަށް ގުރުބާނީތަކެއް ވެސް ވާން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ އެއްބަސްވަމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރްޔަން ދާދި ފަހުން ވަނީ އިންޑިއާގެ ނޫހަކަށް އިންޓަވިއުއެއް ދީފައެވެ. މި އިންޓަވިއުގައި ފީ ކުޑަކުރުމާ މެދު ކާރްތިކް ޚިޔާލަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފަ އެވެ.

މި ސުވާލަށް ޖަވާބުދެމުން ކާރްތިކް ބުނީ މި ކަމުން އަރައިގަނެވޭނެ ކޮންމެ ކަމަކަށް އޭނާ އެއްބަސް ކަމަށެވެ. އަދި ތައްޔާރަށް ހުރިކަމަށް ބުންޏެވެ.

ކާރްތިކް އިތުރަށް ބުނީ ފީ ކުޑަކޮށްފި ނަމަ އިންޑަސްޓްރީއަށް މިކަމުން އަރައިގަނެވޭނެކަމަށެވެ. އަދި އެންމެންވެސް މިކަމަށް އެއްބަސް ވާން ޖެހޭ ކަމަށް ކާރްތިކް ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.