ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ވަކީން ފީނިކްސް

"ޖޯކާ" އިން އެވޯޑު ހޯދި ވަކީން ފީނިކްސް ބައްޕަޔަކަށް ވަނީ!

  • ދެތަރިން ލޯބީގެ ގޮތުން ގުޅިފައި ވަނީ "މޭރީ މެގްލަޑީން" ގެ ސެޓުގައި ކަމަށް ރިޕޯޓުކުރެވިފައިވޭ
  • ފީނިކްސް ވަނީ މާރާއަށްޓަކައި އޭނާގެ ހިތުގަވާ ލޯބި 2019 ގައި މީޑިއާ އަށް ފާޅުކޮށްފައި
  • ދެތަރިން ވަނީ 219 ވަނަ އަހަރު އެންގޭޖް ވެފައި

ކ. މާލެ | 20 މެއި 2020 | ބުދަ 12:26 | 1,655

ވަކީން ފީނިކްސް އަދި ރޫނީ މާރާ ވަނީ ގިނަ ފިލްތަކެއް އެކުގައި ކުޅެފައެވެ - ގޫގުލް

ޑީސީގެ ސުޕަރވިލަން ތްރިލާ އަދި ޓޮޑް ފިލިޕްސްގެ ޑައިރެކްޝަނެއް ކަމަށްވާ "ޖޯކާ" ފިލްމުން ވިދާލި ތަރި، ވަކީން ފީނިކްސް އަދި ހޮލީވުޑް ތަރި ރޫނީ މާރާ އަށް ދަރިޔަކު ލިބެން އުޅޭ ކަމުގެ އަޑު ފެތުރިއްޖެ އެވެ.

ގޮސިޕް ކޮލަމް ޕޭޖް ސިކްސް އިން ރިޕޯޓުކުރި ގޮތުގައި މިއީ "ދަ ގާލް ވިތު ދަ ޑްރެގަން ޓެޓޫ" ގެ ތަރި، ރޫނީ، 35، އަދި ވަކީން، 45، އަށް ލިބޭ ފުރަތަމަ ދަރިއެވެ.

ކޮވިޑް-19 ޕެންޑެމިކްގެ ވަބާ ދުނިޔެއަށް ކުރިމަތިވި ފަހުން ދެ ތަރިން ވެސް ވަނީ މީޑިއާގެ ލޯތަކަށް ގެއްލި، ޕްރައިވެޓް ކަރަންޓީނަކަށް ގޮސްފަ އެވެ.

ވަކީންގެ "ރާނީ"، މާރާ މަންމަ އަކަށް ވާން އުޅޭކަމުގެ އަޑު ފެތުރެން ފަށާފައި މިވަނީ ދާދި ފަހުން ޕަޕަރާޒީއަށް އޭނާ ގަޔަށް "ދޫ" ހެދުމެއް ލައިގެން އުޅޭތަން ފެނުނު ކަމަށް ރިޕޯޓު ކުރި ފަހުންނެވެ.

އެންމެ ފުރަތަމަ ސްޕައިކް ޖޮންޒުގެ ފިލްމް، "ހާރ" އިން ދިމާވި މި ދެތަރިން އަދި މީޑިއާ ތަކަށް މި އުފާވެރި ޚަބަރު ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި ދެ ތަރިންގެ ލޯބީގެ ގުޅުން މޫލާފައި ވަނީ 2016 ވަނަ އަހަރު "މޭރީ މެގްލަޑީން" ގެ ސެޓުން ކަމަށް ގިނަ ރިޕޯޓު ތަކުން ދެއްކި ނަމަވެސް، މި ދެ ތަރިންގެ ގުޅުން ދުނިޔެއަށް ހާމަކޮށްފައި ވަނީ 2017 ވަނަ އަހަރުގެ "ކޭން ފިލްމް ފެސްޓިވަލް" ގައި، އަތް ގުޅާލައިގެން ތިބެއެވެ. އަދި ފީނިކްސް އަށް "ޔޫ ވާ ނެވާ ރިއަލީ ހިއަރ" އަށް ބެސްޓް އެކްޓަރު އެވޯޑް ލިބުމުން އެންމެން ކުރިމަތީގައި ވަނީ ބައްދާލަމުން، ދެމީހުންގެ އައު ލޯބިގެ ގުޅުން ފާހަގަ ކޮށްފަ އެވެ.

ބެސްޓް ފިލްމު އެވޯޑް ލިބުނު "ޖޯކާ" ފިލްމުން ވިދާލި ފީނިކްސް ވަނީ "ދަ ނައިޓް މެއަރ އޮން އެލްމް ސްޓްރީޓް" އިންވެސް ފެނިގެން ދިޔަ މާރާ، އޭނާދެކެ ނަފްރަތު ކުރާކަމަށް ގަބޫލު ކުރިކަމަށް މީޑިޔާއަށް 2019 ވަނަ އަހަރު ހާމަ ކޮށްފައެވެ. އެ އަހަރު ދެ ތަރިން ވަނީ 2 އަހަރު އެކުގައި ދިރިއުުޅުމަށް ފަހު، ކައިވެނި ކުރުމަށް 'އެންގޭޖް' ވެފައެވެ.

މިކަން ހާމަވީ މާރާ ގެ އިނގިލީގައި ވިދާލާ އެންގޭޖްމަންޓް އަނގޮއްޓިއެއް އަޅައިގެން އުޅޭ ތަން ފެނުނު ފަހުންނެވެ.

ސިނަމާ ތަކުގައި އާރް-ރޭޓެޑް ފިލްމެއްގެ ގޮތުގައި އަޅުވައި، ފުރަތަމަ ފަހަރަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ބޮކްސް އޮފީހުގައި ހޯދި "ޖޯކާ" ގެ ލީޑް ރޯލަށް ތައްޔާރު ވުމުގެ ގޮތުން ފީނިކްސް ވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެނެސް، ބެލުންތެރިން ހައިރާން ކުރުވާފަ އެވެ. ގިނަ މީހުން ބުނާ ގޮތުގައި ފީނިކްސްގެ މި ހުނަރުވެރި ޕާފޯމަންސަށް ފަހު އޭނާ ވަނީ މިފަހުން ފެނުނު އެންމެ މޮޅު 'ވިލަންގެ ޓައިޓަލް' ފޭނުންގެ ހިތްތަކުގައި ކަށަވަރު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.