ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ރޯދަ ބަދިގެ 1441

ސްޓްރޯބެރީ ނަޓެއްލާ ޕިއްޒާ

  • މިއީ ތައްޔާރު ކޮށްލަން ފަސޭހަ ޑިޒާޓެއް!

ކ. މާލެ | 20 މެއި 2020 | ބުދަ 12:29 | 3,115

ސްޓްރޯބެރީ ނަޓެއްލާ ޕިއްޒާ، ޗޮކްލެޓް ކަވާޑް ކޭޓީ - ގޫގުލް

ޕިއްޒާއޭ ބުނުމުން ކޮބާހޭ ކިޔައި ބަދިގެޔަށް ދިޔުމަށް އަވަސްް ވެގަންނަ އަދި އެންމެ ފަހު ފޮއްޗަށް ހިފާ ކުދިންނަށް މި ޑިޒާޓް ޕިއްޒާ ހަމަ ގައިމުވެސް ވަރަށް ކަމުދާނެ އެވެ.

ފުށްގަނޑަށް ބޭނުން ވާނެ ތަކެތި:

  • 1 ޖޯޑު ފުށް
  • 1 ސަމުސާ ޒައިތޫނި ތެޔޮ
  • ބައި ސައި ސަމުސާ ލޮނު
  • 3/4 ޖޯޑު ހޫނު ފެން
  • 2 ސައި ސަމުސާ ހަކުރު
  • 1 ސައި ސަމުސާ އިންސްޓަންޓް ޔީސްޓް

ފިލިންގަށް ބޭނުން ވާނެ ތަކެތި:

  • 1 ޕެކެޓު ސްޓްރޯބެރީ
  • 1 ޖޯޑު ނަޓެއްލާ
  • 1 ދޮންކެޔޮ
  • ވައިޓް ޗޮކްލެޓް ޗިޕްސް (މައްޗަށް ބުރުވާލަން)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށްގަނޑު ތައްޔާރު ކޮށްލުމަށް، ހަކުރު، ޔީސްޓު އަދި ފެންފޮދު ތައްޓެއްގައި އެއްކޮށްލާފައި 10 މިނެޓު ބަހައްޓާލާށެވެ.

އެއަށްފަހު ލޮނާއި ތެޔޮ އަޅާފައި ފުށް އަޅަމުން، އެއްކުރަމުން ދާށެވެ.

ފުށްގަނޑު މާ ދިޔާ ވެއްޖެނަމަ ފުށް އިތުރަށް އަޅައި، މޮޑެލާށެވެ.

ދެން 'ސްމޫތު' ވަންދެން ފުށްގަނޑު މޮޑެލާފައި، 5 މިނެޓް ވަންދެން ބަހައްޓާލާށެވެ.

އެއަށްފަހު ބޭނުންވާ ބޯ މިނަަކަށް ދަމާލާފައި، ޓްރޭއެއްގައި އަތުރާލާފއި 8 ވަރަކަށް މިނެޓް 180 ޑިގްރީ ސެލްސިއަސްގައި ފިހެލާށެވެ.

ޕިއްޒާ ފިހެވުމުން އޭގެ މައްޗަށް ބޭނުންވާ ވަރަކަށް ނަޓެއްލާ އަޅާށެވެ. އޭގެ ފަހުން ސްޓްރޯބެރީ އަދި ދޮންކެޔޮ ތުނިކޮށް ކޮށާފައި ޕިއްޒާ މަތީގައި އަތުރާލާށެވެ.

އަތުރާލުމަށް ފަހު، މައްޗަށް ވައިޓް ޗޮކްލެޓް ޗިޕްސް އަޅާފައި ބޭނުންވާ ސައިޒަކަށް ޕިއްޒާ ކަފާލާށެވެ.

މި ޕިއްޒާއަށް އިތުރު ކްރަންޗެއް ގެންނަން ބޭނުމިއްޔާ ތުނިކޮށް ކޮށާފައި ހުރި އަލްމަންޑު ވެސް މައްޗަށް އެޅިދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.