ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ސްޓްރޯ ބެރީން ލިބޭ ފައިދާ

ސްޓްރޯ ބެރީ އިނގޭތަ؟

  • ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ
  • ހަކުރު އެއްވަރެއްގައި ހިފަހައްޓައިދޭ
  • ލޭ މައްޗަށް ދިއުމުން ސަލާމަތް ކޮށްދޭ

ކ. މާލެ | 19 މެއި 2020 | އަންގާރަ 22:01 | 2,392

ސްޓްރޯ ބެރީ - ޕިންކު ވިލާ

ސްޓްރޯ ބެރީ އަކީ ހުރިހާ ޤައުމެއްގައި ވެސް އެންމެ މަޤުބޫލު މޭވާގެ އެއް ބާވަތެވެ. ކެއުމަށް ބޭނުން ކުރުމުގެ އިތުރުން އިސްތަށިގަނޑާއި ހަމަށް ޚާއްސަ އެތައް 'ބިއުޓީ ޕްރޮޑަކްޓްސް' ތައްޔާރު ކުރުމަށްވެސް އަނގަޔަށް މީރު މި މޭވާ ބޭނުން ކުރެއެވެ. އެއީ ސްޓޯބެރީގައި ހިމެނޭ ގިނަ ޢަދަދެއްގެ ވިޓަމިން އާއި މިނަރަލަސްގެ ސަބަބުން ހަޑިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ހިމެނޭ މޭވާއަކަށް ވާތީ އެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި ސްޓްރޯ ބެރީ ހިމެނުމަކީ ވަރަށް މުހިންމު ކަމަށެވެ.

ސްޓްރޯ ބެރީލިބޭ ފައިދާތަކުގެ ތެރޭގައި:

- ސްޓްރޯ ބެރީން ހަށިގަނޑުގައި ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރިވެ ދެއެވެ. އެހެންކަމުން ހިތުގެ ބަލިޖެހުމުން ދުރުކޮށް ދިނުމަށް އެހީތެރި ވެދެއެވެ.

- ހަށިގަނޑުގައި ހަކުުރު އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެ ދެއެވެ. އެހެންކަމުން ސްޓްރޯ ބެރީ އަކީ ހަކުުރުބަލި ހުންނަ މީހުންނަށް ފަރުވާ އެކެވެ.

- ސްޓްރޯ ބެރީގައި ގިނަ ޢަދަދަކަށް ވިޓަމިން ސީ ހިމެނެއެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު ބާރުގަދަކޮށް ދިނުމަށް އެހީތެރި ވެދެއެވެ. ސްޓްރޯ ބެރީ ކެއުމުން ތަފާތު އިންފެންޝަން އަދި ބެކްޓީރިއާ ތަކުން ހަޑިގަނޑު ސަލާމަތް ކޮށްދެއެވެ.

- ސްޓްރޯ ބެރީގައި ހިމެނޭ އެންޓިއޮކްސިޑެންޓް އަދި ކޮމްޕައުންޑްސްގެ ސަބަބުން ހަށިގަނޑަށް އަރާމުކަން ގެނެސް ދެއެވެ. އޭގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ލޭ މައްޗަށް ދިމުން ދުރުކޮށް ދެއެވެ.

- ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް ސްޓްރޯ ބެރީ އަކީ ފަރުވާ އެކެވެ. މީހާ ތޫނު ފިލިވުމަށް ވެސް މިއީ ފަރުވާ އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.