ކ. މާލެ
|
19 މެއި 2020 | އަންގާރަ 20:34
މަލަންގް ގެ ޕޯސްޓަރު
މަލަންގް ގެ ޕޯސްޓަރު
ބޮލީވުޑް ހަންގާމާ
މަލަންގްގެ ސީކުއެލްއެއް ހަދަނީ
"މަލްންގް" ގެ ސީކުއެލްއެއް ހަދަނީ
 
އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ
 
ފިލްމްގެ މަސައްކަތް ވަނީ ފަށާފައި

މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި ކާމިޔާބު ފިލްމު "މަލަންގް"ގެ ސީކުއެލްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިލްމު އުފެއްދި ފަރާތްތަކުން ބުނެފި އެވެ.

މޯހިތު ސޫރީ ޑައިރެކްޓް ކުރި ފިލްމު "މަލަންގް" ގައި ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ އަދިތުޔަ ރޯއީ ކަޕޫރާއި، ދިޝާ ޕަޓާނީ، އަނިލް ކަޕޫރު އަދި ކުނާލް ކެންމޫ އެވެ.

މަލަންގްގެ ޕްރޮޑިއުސަރ އަންކުރު ޖާގް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "މަލަންގް" މިހާރު ނެޓްފްލިކްސް އިން ސްޓްރީމް ކުރަންފަށާފައިވާ ކަމަށެވެ. އަދި "މަލަންގް" ގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ޑައިރެކްޓަރ މޯހިތު ސޫރީ އާއި ޕްރޮޑިއުސަރ ލަވް ރަންޖަން ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ. އަދި "މަލަންގް" އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ވަނީ ޝުުކުރު އަދާ ކޮށްފަ އެވެ. "މަލަންގް 2" އާ ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވެސް މޯހިތު ވަނީ "މަލަންގް" ގެ ދެވަނަ ބައެއް ހަދަން އުޅޭކަމުގެ އިޝާރާތެއް ދީފައެވެ. މޯހިތު ވަނީ "މަލަންގް" ގެ އެންމެ ފަހު މަންޒަރުގައި އިވިގެން ދަނީ ކާކުގެ އަޑެއްކަން އިނގޭތޯ ސުވާލުކޮށްފަ އެވެ. އެ މަންޒަރަކީ މީހުން ވަރަށް ޝައުޤުވެރިވި ބައެއް ކަމަށާއި އެ މަންޒަރުގައި ފޮރުވިފައިވާ ކަންކަން ފަހުން ހާމަވެގެން ދާނެ ކަމަށް މޯހިތު ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް