ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ނަވާޒުއްދީން ސިއްދީގީ

ނަވާޒުއްދީން ގޭގައި ކަރަންޓީނު ކޮށްފި

  • އެންމެންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް

ކ. މާލެ | 19 މެއި 2020 | އަންގާރަ 11:16 | 3,328

ނަވާޒުއްދީން ސިއްދީގީ - ގޫގުލް

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރ ނަވާޒުއްދީން ސިއްދީގީއާ އޭނާގެ އާއިލާ ކޮވިޑް-19 އަށް ޝައްކުވެގެން 14 ދުވަހަށް ކަރަންޓީނު ކޮށްފި އެވެ.

ނަވާޒުގެ އާއިލާ ކަރަންޓީނު ކޮށްފައި ވަނީ މުމްބާއީ އިން އޭނާގެ އުފަން އަވަށް ކަމަށްވާ ބުދާނާ އަށް ދަތުރުކުރި ފަހުންކަމަށް އިންޑިއާ ފުލުހުންނާއި ޙަވަލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އެ އެންމެންވެސް މިހާރު ތިބި ގޭގަައި ކަރަންޓީނު ކޮށްފައެވެ. އާއިލާގެ މެންބަރުންނާއެކު ނަވާޒުއްދީން އޭނާގެ އަަވަށަށް ދަތުރު ކުރީ ފުލުހުންގެ ހުއްދައާ އެކުގައެވެ.

ނަވާޒް ބުނީ، އޭނާ ހިމެނޭ ގޮތަށް އާއިލާގެ އެންމެން ވެސް ކޮވިޑް-19ށް ޓެސްޓު ކޮށްފައިވާ ކަމަށާއި، އެ އެންމެންގެ ސާމްޕަލްތައް ވެސް ނެގެޓިވް ކަމަށެވެ. ބުދާނާ އަށް ނަވާޒްގެ އާއިލާ ދަތުރުކުރީ އާއިލާއާއެކު އީދު ފާހަގަ ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.