ކ. މާލެ
|
19 މެއި 2020 | އަންގާރަ 01:04
އާލިއާ ބަޓް
އާލިއާ ބަޓް
ހިންދުސްތާނީ ޓައިމްސް
ސިއްޚީ ޚިދުމަތްތެރިންނަށް އާލިއާގެ ޚާއްސަ ހަދިޔާއެ
ސިއްޚީ ޚިދުމަތްތެރިންނަށް އާލިއާގެ ޚާއްސަ ހަދިޔާއެއް
 
އަސްލި "ހީރޯ" އިންނަކީ އެއީ ކަމަށް ވަނީ ބުނެފައި

ކޮވިޑް-19 އާ ގުޅިގެން ޕްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ ސިއްޚީ ޚިދުމަތްތެރިންނަށް ބޮލީވުޑްގެ އެކްޓަރ އާލިއާ ބަޓް ޚާއްސަ ހަދިޔާއެއް ފޮނުވައިފި އެވެ.

ފްރޮންޓްލައިންގައި ބުރަކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ އުފާކޮށްދިނުމަށްޓަކައި އާލިއާ ފޮނުވާފައިވަނީ ފޮނި ކާތެއްޗާއި ސްނެކްސް އެވެ.

އޭގެ ތެރޭގައި ޗޮކްލެޓާއި ބަން އާއި ސްނެކްސް އަދި އެޕަލް ޖޫސް ހިމެނެ އެވެ. މިތަކެއްޗާއި އެކު އާލިއާ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށް ނޯޓެއްވެސް ފޮނުވާފަ އެވެ.

އެ ނޯޓްގައި ދުޅަހެޔޮ މުޖްތަމައުއެއް ބިނާ ކުރުމަށާއި އެންމެގެ ރައްކައުތެރިކަމަށް ކުރަމުންދާ މަސައްކަތަށް އާލިއާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އަސްލު "ހީރޯ" އިންނަކީ އެއީ ކަމަށް އާލިއާ ވަނީ ބުނެފަ އެވެ.

އާލިއާ ގެންދަނީ މިދުވަސްވަރު ގޭގައި ހުރެ ކުރަމުންދާ މަސައްކަތްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ޖިމްގައި ކަސްރަތު ކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތައްވެސް ދަނީ ހިއްސާ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
67%
0%
0%
33%
0%
0%
ކޮމެންޓް