ކ. މާލެ
|
10 މެއި 2020 | އާދީއްތަ 23:00
ތުރުކީގެ އުމުރުން ދުވަސްވެފައިވާ ދެމަފިރިން - ގިނަ ދުވަސްތަކަކަށް ފަހު ބޭރަށް ނިކުންނަން ފުރުޞަތު ލިބުމުން އެމީހުންގެ މޫނުމަތިން ފެންނަނީ އުޖާލާކަން
ތުރުކީގެ އުމުރުން ދުވަސްވެފައިވާ ދެމަފިރިން - ގިނަ ދުވަސްތަކަކަށް ފަހު ބޭރަށް ނިކުންނަން ފުރުޞަތު ލިބުމުން އެމީހުންގެ މޫނުމަތިން ފެންނަނީ އުޖާލާކަން
އަލް-އަހެދް ނިއުސް
ކޮވިޑް-19: ތުރުކީގެ ޙާލަތު
ތުރުކީގެ އުމުރުން ދުވަސްވީ މީހުންނަށް ހަތް ހަފުތާއަށްފަހު ބޭރަށް ނިކުތުމުގެ ފުރުޞަތު
 
މީގެފަހުން ކޮންމެ ހަފުތާއަކު އެއްދުވަހު އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނިކުތުމުގެ ފުުރުޞަތު ދޭނެ
 
ގަޑި ހަމަވުމާއެކު މަދަނީ ފުލުހުން ނިކުމެ މީހުން ގެއަށް ވެއްދި
 
ބޭރުގައި އުޅުމަށް ހުއްދަ ދިނީ 4 ގަޑިއިރު

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ނުރައްކާތެރި ޙާލަތާއި ގުޅިގެން ތުރުކީ ސަރުކާރުން އެޤައުމުގައި ކާފިއުގެ ޢަމުރު އިޢުލާނުކުރިތާ ހަތް ހަފުތާވީފަހުން، ފުރަތަަމަ ފަހަރަށް އެޤައުމުގެ އުމުރުން ދުވަސްވީ މީހުންނަށް މިނިވަންކަމާއެކު ބޭރަށް ނިކުތުމުގެ ފުރުޞަތެއް ދީފިއެވެ.

ތުުރުކީވިލާތުގެ ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އާދީއްތަ ދުވަހު ހުއްދަ ދިނީ ހެނދުނު އެގާރައިން ފެށިގެން މެންދުރު ތިނެއް ޖެހުމާއި ހަމަޔަށެވެ. މިިފުރުޞަތުގައި ތުރުކީވިލާތުގެ ކާފިއުގެ އަމުރު އިޢުލާނުކޮށްފައިވާ 81 ޕްރޮވިންސްގެ އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދިނެވެ.

ބޭރަށް ނިކުތުމުގެ ހުއްދަ ދިނުމުގެ ކުރިން އެޤައުމުގެ ޞިއްހަތާއި ބެހޭ ވަޒީރު ފަޚްރުއްދީން ކޯކާ ވަނީ ސަރުކާރުގެ އެދުމަށް އިޖާބަދީ ގޭގައި މަޑުކުރީތީ އިސްރަށްވެހިންނަށް ޝުކުރު އަދާކުރައްވާ ބޭރަށް ނިކުންނައިރު ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދެެއްވާފައެވެ. އެގޮތުން ސަރޖިކަލް މާސްކް އެޅުމަށާއި، އަންގި އަރުވައިގެން ނޫނީ ބޭރަށް ނުދިއުމަށް ނަޞޭޙަތްތެރިވިއެވެ. ބޭރަށްދާން ހުއްދަ ދިން ނަމަވެސް ބައެއް މީހުން ބޭރަށް ނުދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންގެ އާބަދީގެ ގިނަ ބަޔަކު މި ފުރުޞަތުގެ ބޭނުން ހިފާ އެކި ތަންތަނަށް ޒިޔާރަތްކުރިއެވެ.

ތުރުކީގެ މީޑިއާތަކުން ޢާންމު ކުރި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަގޮތުގައި، ގިނަ ބަޔަކު ދިޔައީ ފަތުރުވެރި މަންޒިލްތަކަށާއި، ޕާކުތަކަށާއި، އައްސޭރި ފަަށުގެ ޞަރަޙައްދުތަކަށެވެ. ތަށިބަރި ހިފައިގެންގޮސް މިތަންތަނުގައި މެންދުރުގެ ނާސްތާ ކުރާތަން ވީޑިއޯތަކުން ފެނެެއެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު ބޭރަށް ނިކުތުމުގެ ފުރުޞަތު ލިބުމުން ގިނަ ބަޔަކު ފޮޓޯ ނެގުމާއި އާދައިގެ މަތިން އެމީހުން ކުރަމުން އަންނަ ބައެއް އެހެނިހެން ޙަރަކާތްތަކުގައި މަޝްއޫލުވެ އުޅުނު މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނިކުތުމުގެ ފުރުޞަތު ދިންނަމަވެސް ގަޑި ހަމަވުމާއެކު މަދަނީ ފުލުހުން ނިކުމެ އެމީހުން ގެއަށް ވެއްދި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޤައުމުގެ ދާޚިލީ ވަޒީރު ސުލައިމާނު ސޯއިލޫ ވަނީ އުމުރުން ދުވަސްވީ މީހުން މަގުމަތީގައި އުޅެން ދިން ވަގުތުތަކުގައި އެހެން އުމުރު ފުރާގެ މީހުން މަގުތަކައް ނުނިކުތުމަށް ގޮވާލާފައެވެ. އަދި އެމީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބައެއް މަގުތައްވެސް ޢާންމުންނަށް މިއަދުވަނީ ބަންދުކޮށްފައެވެ.

ސުލައިމާނު ވިދާޅުވީ އަންނަ ހަފުތާއިން ފެށިގެން ހަފުތާއަކު އެއް ދުވަހު އުމުރުން ދުވަސްވީ މީހުންނާއި، 20 އަހަރުން ދަށުގެ ކުދިންނަށް ބޭރަށް ހަތަރު ގަޑީއިރަށް ނިކުތުމުގެ ފުރުޞަތު ދޭނެކަމަށެވެ.

ތުރުކީ ވިލާތުން ކޮވިޑް-19ގެ ނުރައްކަލަށް އެޤައުމުގެ 'ލޮކްޑައުން' ކުރީ މާރޗް މަހުގެ 21 ވަނަ ދުވަހުއެވެ. ތުރުކީ ވިލާތުން މިހާތަނަށް 138,657 (އެއް ލައްކަ ތިރީސް އަށް ހާސް ހަސަތޭކަ ފަންސާސް ހަތެއް) މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 3,786 (ތިން ހާސް ހަތް ސަތޭކަ އަށްޑިހަ ހަޔެއް) މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
11 މެއި 2020 | ހޯމަ 00:22
ޙފފޗ
ޠުރުކީ މީޙުން ރޯދަ އެއް ނޫން ތަ؟
11 މެއި 2020 | ހޯމަ 00:19
ާއިމްމަ
BE imran 26