ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 18:29
ބޯޑަރު ކައިރީގައި މަޑުކޮށްގެން ތިބި ޓިއުނީޝިއާގެ ރައްޔިތުންތަކެއް
އޭއެފްޕީ
ކޮވިޑް-19: ތޫނިސްގެ ރައްޔިތުންގެ ޙާލަތު
ލީބިޔާގައި ތާށިވި ތޫނިސްގެ ބައެއް ރައްޔިތުން ޞަރަޙައްދީ އިން ހުރަސްކޮށްފި
 
ބޯޑަރު ހުރަސް ކުރީ ސިފައިން ހުއްދަ ދިނުމުން
 
އަދިވެސް ގިނަ ބައެއް ބޯޑަރު ކައިރީގައި އެބަތިބި
 
ހަފްތާތަކެއް ވަންދެން އެމީހުން ބޯޑަރު ކައިރީގައި މަޑުކުރި

ކޮވިޑް-19ގެ ސަބަބުން ލީބިއާގައި ތާށިވެފައި ތިބި ތޫނިސްގެ ބައެއް ރައްޔިތުންނަށް، ދެޤައުމު ގުޅޭ ޞަރަޙައްދީ އިން ހުރަސްކޮށް، ޤައުމަށް އެތެރެވެވިއްޖެއެވެ.

އދ. އަދި އިންސާނީ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޙަވާލާދީ ގަލްފުގެ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި ތޫނިސްގެ 600ށްވުރެ ގިނަ ރައްޔިތުން ހަފުތާތަކެއް ވަންދެން ލީބިއާއާއި، ތޫނިސް ގުޅޭ ޞަރަޙައްދީ އިމުގެ ލީބިޔާއާއި ވީ ފަޅީގައި ތާށިވިކަމަށެވެ.

އެމީހުން ޞަރަޙައްދީ އިން ހުރަސްކޮށްފައިވަނީ ގަދަބާރުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެހެން ނަމަވެސް ތޫނިސްގެ ދާޚިލީ ވުޒާރާއިން ވަނީ އެކަން ދޮގުކޮށްފައެވެ. އެވުޒާރާއިން ބުނެފައިވަނީ ހޯމަ ދުވަހު "ރަސް ޖެދިރް" އިން ހުރަސްކޮށް ޤައުމަށް ވަނީ ގަދަބާރުން ނޫން ކަމަށެވެ. އެމީހުން ހުރަސް ކުރީ އެތަނުގައި ތިބި ސިފައިންގެ ހުއްދައާއެކު ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

ލީބިއާގައި ހުންނަވާ އދ ގެ ހިޖުރަވެރިންނާ ބެހޭ މައި އިދާރާގެ ޗީފް އޮފް މިޝަންގެ ވެރިޔާ، ފެޑްރީކޯ ސޯޑާ ވިދާޅުވެފައިވަނީ ތޫނިސްގެ އެތައްސަތޭކަ މަސައްކަތްތެރިން ދެޤައުމުގެ ގުޅޭ ޞަރަޙަޙައްދީ އިމުގެ ލީބިޔާއާއި ވީފަޅީގައި ތާށިވެފައިވާ ކަމަށެވެ. މިހާރު މީގެތެރެއިން ބައެއް މީހުން ތޫނިސްއަށް ހިޖުރަކޮށްފައިވާކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

ކޮވިޑް-19 ގުޅިގެން ތޫނިސްގެ 6000ށްވުރެ ގިނަ ރައްޔިތުން ލީބިއާގައި ތާށިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް