ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 13:02
ކީރިތި ރަސޫލާގެ މިސްކިތުގައި ހުކުރު ވިލޭރޭ ކުރެވުނު ތަރާވީހް ނަމާދު
ކީރިތި ރަސޫލާގެ މިސްކިތުގައި ހުކުރު ވިލޭރޭ ކުރެވުނު ތަރާވީހް ނަމާދު
ސައުދީގެޒެޓް
ތަރާވީހް ނަމާދު ކުރުކުރުން
ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި
 
މިސްކިތައް އާއްމުން އެރުމަށް ހުއްދަ އެއް ނުދޭ
 
ނަމާދުގައި ކުރީ 10 ރަކުއަތް

ކޮރޯނާވައިރަސް ހަލުއި ކަމާ އެކު ފެތުރެމުންދާ ސައުދީ އަރަބިއްޔާގައި، ބަލި ކޮންޓްރޯލް ކުރުމަށް މިސްކިތްތައް ބަންދުކޮށް، ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމާއެކު، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ތަރާވީހް ނަމާދު މަސްޖިދުއް ނަބަވީގައި އެ މިސްކިތުގެ މުވައްޒަފުންނާ އެކު ކުރިއަށް ގެން ގޮސްފިއެވެ.

ބަލިމަޑުކަމުގެ ސަބަބުން، ތަރާވީހް ނަމާދު މި އަހަރު ކުރުކޮށް ކުރުމަށް ސައުދީ ރަސްގެފާނު ވަނީ ހުއްދަ ދެއްވާފައެވެ. މި ގޮތުން މި އަހަރު ސައުދީ އަރަބިއްޔާގައި ތަރާވީހް ނަމާދު ގައި ކުރާނީ 10 ރަކުއަތެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ތަރާވީހް ނަމާދުގައި ބައިވެރިވުމަށް ބޭރުން އެއްވެސް މީހަކު މިސްކިތައް ވަންނަން ހުއްދަ ދީފައެއް ނުވެއެވެ.

މަދު ބަޔަކާ އެކު ތަރާވީހް ނަމާދު ކުރިއަށް ގެންދިޔަ އިރުވެސް މިސްކިތުގައި ވަނީ ސާފު ތާހިރު ކަމާ ސަލާމަތީ ގޮތުން ގިނަ ފިޔަވަޅު ތަކެއް އަޅާފައެވެ. މި ގޮތުން މިސްކިތައް އަރާ މީހުންގެ ހަށިގަނޑު ފިނހޫނު މިން ދެނެގަތުމަށް ތާރމަލް ކެމެރާ ވަނީ ހަރުކޮށްފައެވެ. އަދި ފެންވަރު ރަނގަޅު ބޭހާއި ކެމިކަލް ބެނުން ކޮށްގެން މިސްކިތް ސާފު ކުރުމާއި، ޖަރާސީމް ފިލުވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވާ ގޮތުގައި މަސްޖިދުއް ނަބަވީ ސާފު ކުރުމަށާއި، ޑިސްއިންފެކްޓް ކުރުމަށް ބޭހާއި ކެމިކަލް ބޭނުން ކުރަނީ މިސްކިތައް ވީހާވެސް ގެއްލުމެއް ނުވާނެ ގޮތްތައް ބަލައިގެން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
25%
75%
0%
0%
0%
ކޮމެންޓް