ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 03:19
ހާފް ގާލް ފްރެންޑްގެ ޕޯސްޓަރެއް
ހާފް ގާލް ފްރެންޑްގެ ޕޯސްޓަރެއް
ޓްވިޓަރ
ހާފް ގާލް ފްރެންޑް
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި
 
މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ 19

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ކުޅަދާނަ ދެ ބަތަލުން ކަމަށްވާ ޝްރައްދާ ކަޕޫރު އަދި އަރްޖުން ކަޕޫރް ފެނިގެންދާ "ހާފް ގާލް ފްރެންޑް"ގެ ފުރަތަމަ ޓްރެއިލާ އޭޕްރިލް 10ގައި ރިލީޒް ކުރަން ނިންމައިފި އެވެ.

 

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ" އޭކް ވިލަން" އަދި "އާޝިޤީ" ފަދަ ބޮލީވުޑްގައި ނަން ވިދާލާފައިވާ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މޯހިތު ސޫރީކަން ފާހަގަކޮށްލެވެއެވެ.  އަރްޖުން އަދި ޝްރައްދާ ވަނީ ޓްވިޓާގައި ވަނީ ޓްރެއިލާ ރިލީޒް ކުރުން އޭޕްރިލް 10 ގައި އޮންނާނެ ކަން ވެސް އިއުލާންކޮށްފައެވެ

 

ޗޭތަން ބަގަތުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ މިފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ބާސްކެޓްބޯޅަ ކުޅުމަށް ލޯބިވާ ދެ އެކުވެރިންގެ އެކުވެރިކަން ބާސްކެޓާ ހެދި އުތުރިއަރައިގެންދާ ގޮތެވެ. އަދި ހަމައެހެންމެ މިއީ އަރްޖުން އާއި ޝްރައްދާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ.

 

މިފިލްމުގެ ޕޯސްޓަރެއް އަރްޖުން އަދި ޝްރައްދާ ވަނީ ކުރިން ވެސް ޓްވިޓާގައި ޝެއާކޮށްފައެވެ. އޭރު ޝެއަރކޮށްފައި ވަނީ "13 އެންޑް ހާފް ވީކްސް ޓު ގޯ ފޯ ހާފް ގާލްފްރެންޑް، 19 މޭ" މިހެން ޖެހުމަށް ފަހު އުފެއްދުންތެރި ގޮތަކަށް ހަދާފައިވާ ޕޯސްޓަރެކެވެ.

ދެތަރިން ޝެއާކޮށްފައިވާ މި ޕޯސްޓަރުގައި ޖަހާފައިވާ " 13 އެންޑް ހާފް ޓިލް ދަ މޫވީ ރިލީޒް" އަކީ މި ފިލްމުގެ ނަމާ ގުޅުވާލައިގެން ކިޔާފައިވާ އެއްޗެކެވެ.

 

މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ 19 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް