ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 23:37
ޑރ. އަލީ ލަތީފް
ޑރ. އަލީ ލަތީފް
ރައީސް އޮފީސް
ކޮވިޑް-19
''ކާފިއު އުވާލިއިރު ބިރުގަތީ، ނުރައްކަލެއް ނެތް ކަމަށް އާއްމުން ހީކޮށްފާނެތީ''
 
ކާފިއު އުވާލީ ކޮމިއުނިޓީ ސްޕްރެޑެއް ނެެތުމުން
 
ކާފިއު އުވާލިޔަސް ގޭގައި މަޑުކުރަން އިލްތިމާސްކުރެއްވި

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލަން މަޝްވަރާ ކުރިއިރު އެންމެ ބޮޑަށް ''ބިރުގަތީ'' ނުރައްކަލެއް ނެތް ކަމަށް އާއްމުން ހީކޮށްފާނެތީ ކަމަށް ނެޝަނަލް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް އަށް ލިބިގެންވާ ބާރުގެ ދަށުން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމަޔަށެވެ. ހަފްތާއެއްގެ މުއްދަތަށް ހިންގި ކާފިއުގައި ހަވީރު ފަހަކުން އިން ރޭގަނޑު އަށަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތް މަނާކުރެވުނެވެ.

ބުރާސްފަތި ދުވަހުގެރޭ އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް ވިދާޅުވީ، ކާފިއުގެ ވަގުތު ހަމަވުމުން ގިނަ ބަޔަކު ރަށު ތެރެޔަށް ނިކުމެ އުޅުނު މަންޒަރު ފެނުނު ކަމަށެވެ.

އެއީ ވަރަށް ދެރަކަމެއްކަން ފާހަގަކުރައްވާ ޑރ. ލަތީފް ވިދާޅުވީ، އެކަމުގެ ސަބަބުން ކާފިއުގެ ބޭނުން ކެނޑޭ ކަމަށެވެ. އަދި ކާފިއުގެ ވަގުތު ގައުމުތަކުން އިތުރުކުރިނަމަވެސް، ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑްއެއް ނެތުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ޑރ. ލަތީފް ވިދާޅުވި އެވެ.

ނަސީބަކުން މިހާ ހިސާބަށް ގޮސްފައިވެސް 19 ކޭސް ފެނުނު އިރުގައިވެސް އަޅުގަނޑުމެންގެ ތެރޭގައި ލޯކަލް ސްޕްރެޑެއް ނެތް. ރަށުތެރެއިން ނުއެއް ފެނޭ
ޑރ. އަލީ ލަތީފް

ޑރ. ވިދާޅުވީ، ކާފިއު އުވާލިއަސް ކޮވިޑް-19 ގެ އިތުރު ކޭސް އެއް ފެނުން އެކަށީގެންވާ ކަމަށެވެ. ކާފިއު އުވާލިނަމަވެސް ގޭތެރޭގައި ހުރިހާ ބޭފުޅުން ވެސް މަޑުކުރެއްވުމަށާއި، ޒަރޫރީ ބޭނުމެއް ނެތި މަގުތަކަށް ނުނިކުތުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ. ކާފިއު ވަގުތު އުވާލިޔަސް ތިން މީހުންނަށްވުރެ ގިނަ މީހުން އެއް ފަހަރަކާ ބޭރަށް ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ ގޮތުގައި، ކާފިއު އުވާލަން މަޝްވަރާކުރެއްވި އިރު "އެންމެ ބިރުގަތީ" ރައްޔިތުން އެކަން ފަސޭހަކޮށް ނަގާފާނެތީ ކަމަށެވެ.

ކާފިޔު ނަގަންވެގެން ވާހަކަ ދެއްކިއިރު އެންމެ ބިރުގަތް އެއް ކަމަކީ ތީއީ. އެއީ ޕަބްލިކް ދެކިދާނެ މިހާރު އެއްވެސް މައްސަލަ އެއް ނެތޭ ވަރަށް ސޭފޭ. އެހެންވީމާ ނަގަން ޖެހޭ އެކްޝަން ނަގާކަށް ނުޖެހޭނެޔޭ. އަޅުގަނޑުމެން ވަރަށް މަޝްވަރާ ކޮށްފައު މި ޑިޒިޝަން ނެގީ ކާފިޔު ހުއްޓާލަން
ޑރ. އަލީ ލަތީފް

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުން ތަކަކީ ރާއްޖޭގެ ހާލަތު ދެނެގަތުމަށް ނިންމަމުންދާ ނިންމުންތަކެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
45%
45%
9%
0%
ކޮމެންޓް