ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 18:55
ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑިނީ
ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑިނީ
ގެޓީ އިމޭޖަސް
ކޮވިޑް-19
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ރަނގަޅުވެއްޖެ
 
ދެބަފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާޗު މަހުގެ 21 ވަނަ ދުވަހު

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އުމުރުން 18 އަހަރުގެ ޑެނިއަލް މަލްޑިނީ ރަނގަޅުވެއްޖެ އެވެ.

ދެބަފައިން މި ވައިރަހުން ރަނގަޅުބެފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައުލޯ މަލްޑިނީ އާއި އެޓީމުގެ މިޑްފީލްޑަރު ޑެނިއަލް މަލްޑިނީ ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ވައިރަހުގެ ސަބަބުން ދެބަފައިންގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރީ ޑެނިއަލް އަށެވެ.

މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ކޮވިޑް-19 އިން ސަލާމަތްވިއިރު، އިޓަލީގެ ގިނަ ކުޅުންތެރިންތަކެއް މިހާތަނަށް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ޔުވަންޓަސްގެ ތިން ކުޅުންތެރިން ކަމަށްވާ ޕައުލޯ ޑިބާލާ އާއި ބްލައިސް މަޓުއިޑީ އަދި ޑެނިއަލީ ރުގާނީ ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޓާލިއަން ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރުނު ތިންވަނަ ގައުމަކީ އިޓަލީއެވެ. އެގޮތުން އެ ގައުމުގެ 139،000 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، އެ ގައުމުން 17،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް