ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 13:41
ފުވައްމުލައް ރިންގު ރޯޑު ހެދުމުގެ މަޝްރޫއުގެ ތެރެއިން
ފުވައްމުލައް ރިންގު ރޯޑު ހެދުމުގެ މަޝްރޫއުގެ ތެރެއިން
އެމްޓީސީސީ
ފުވައްމުލައް ރިންގު ރޯޑު މަޝްރޫއު
ފުވައްމުލައް ރިންގު ރޯޑު މަޝްރޫއުގެ 87 އިންސައްތަ ނިމިއްޖެ
 
މިއީ 279 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް އަންދާޒާކޮށްފައިވަނީ އޮގަސްޓު މަހުގެ ތެރޭގައި
 
އެއް އަަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މަސައްކަތް ފެށީ ޖުލައި 16 ގައި

ފުވައްމުލައް ރިންގު ރޯޑު މަޝްރޫއުގެ 87 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފި އެވެ.

އެ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ މި މަޝްރޫއުގެ ދަށުން ކުރަން ހުރި މަސައްކަތް ނިމެން ގާތްވެއްޖެ ކަމަށެވެ. އަދި ރިންގު ރޯޑު މަޝްރޫއު ނިމޭއިރު 20،560 އަކަ މީޓަރުގެ ތާރަ މަގުތަކުގައި އެޅޭނެ ކަމަށެވެ.

ރިންގު ރޯޑު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނެފައިވަނީ، މިހާރު ކުރިއަށް ދަނީ މަގުގެ ދެ އަރިމަތީގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތް ކަމަށެވެ. މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލޭވެ ކަމަށް އެމްޓީސީސީ އިން ވަނީ މައުލޫމާތު ދީފަ އެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ޖުމްލަ 279 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ރިންގު ރޯޑުގެ އިތުރުން ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމަށް މި މަޝްރޫއުގެ ތެރެއިން ވަނީ ހަވާލުކުރެވިފަ އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، އެމްޓީސީސީ އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި އެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް