ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 11:29
ކަރަންޓީނު ތަންފީޒުކުރުމުގައި ކޮލޮމްބިއާގެ އަަސްކަރިއްޔާ އިން ހަރަކާތްތެރިވަނީ
ކަރަންޓީނު ތަންފީޒުކުރުމުގައި ކޮލޮމްބިއާގެ އަަސްކަރިއްޔާ އިން ހަރަކާތްތެރިވަނީ
އޭއެފްޕީ
ކޮވިޑް-19: ކޮލޮމްބިއާ
ކަރަންޓީނު ތަންފީޒުކުރަން ކޮލޮމްބިއާ އަސްކަރިއްޔާއިން ނިކުތީ ހެލިކޮޕްޓަރު ތަކުގައި
 
މާޗް މަހުގެ މެދު ތެރޭގައި އެ ގައުމުގެ ސަރަހައްދީ ރޮނގު ބަންދުކޮށްފި
 
ކަރަންޓީނު ތަންފީޒުކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ އަސްކަރިއްޔާއިން
 
ކޮލޮމްބިއާގައި ވަނީ އެޕްރިލް 27 ވަނަ ދުވަހާ ހަމައަށް ކަރަންޓީނު އިއުލާނުކޮށްފައި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮލޮމްބިއާ ސަރުކާރުން އިއުލާންކޮށްފައިވާ ކަރަންޓީން ތަންފީޒުކުރަން އެ ގައުމުގެ އަސްކަރިއްޔާއިން ހެލިކޮޕްޓަރުތަކުގައި ނިކުމެއްޖެ އެވެ.

އެޕްރިލް 27 ވަނަ ދުވަހާ ހަމައަށް ގޭގައި ތިބުމަށް އެ ގައުމުގެ ރައްޔިތުންނަށް މަޖުބޫރުކޮށްފައިވާއިރު، އަސްކަރިއްޔާއިން އަންނަނީ ކަރަންޓީނު ތަންފީޒުކުރުމުގައި އިސް ރޯލެއް އަދާކުރަމުންނެވެ. އެގޮތުން، ހެލިކޮޕްޓަރު ތަކުގައި ތިބެގެން އަސްކަރިއްޔާއިން އަންނަނީ ގޭގައި ތިބުމަށް އިލްތިމާސްކުރާ މެސެޖުތައް ރައްޔިތުންނަށް އަޑު އިއްވަމުންނެވެ.

އޭގެ އިތުރުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާ ނަމަ ނަސޭހަތްތެރިވުމާއި ޖޫރިމަނާ ކުރުމުގައި ހަރަކާތްތެރިވަނީ ވެސް އަސްކަރިއްޔާއިންނެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވަނީ 235 ޑޮލަރު (3619 ރުފިޔާ) އެވެ. ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެގެން މިހާތަނަށް 95،000 މީހުންނަށް ވަނީ ފިޔަވަޅުއަޅާފަ އެވެ.

ކަރަންޓީނުގެ މުއްދަތުގައި މަގުމަތީގައި އުޅުމަށް ހުއްދަ ދެވިފައި ވަނީ، ސިއްހީ މަސައްކަތްތެރިންނަށާއި، ސިފައިންނާއި، ފުލުހުންގެ އިތުރުން، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި ވިއްކާ ފިހާރަތަކާއި، ބޭސް ފިހާރަތަކާއި، ކާބޯތަކެތި އުފައްދާ ކާރުހާނާތަކާއި، ބޭންކުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަންޏެވެ.

ގެއަށް ބޭނުންވާ ސާމާނު ގަތުމަށާއި ފައިސާގެ މުއާމަލާތްތައް ހިންގަން ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދެވިފައިވަނީ ކޮންމެ ގޭބިސީއަކުން އެއް ފަރާތަށެވެ. ނަމަވެސް، އެނޫން ފަރާތްތަކުން އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމު ބޭނުންކޮށް އެއްތަނުން އަނެއް ތަނަށް ދިއުމުގެ މައްސަލަ އާއި މަގުމަތީގައި ނިކުމެ އުޅޭ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ކޮލަމްބިއާ ފުލުހުންނާ ހަވާލާދީ ރޮއިޓަރޒް ގައި ރިޕޯޓްކޮށްފައި ވެއެވެ.

ކަރަންޓީނު އިއުލާންކުރުމުގެ ކުރިން، ކޮލޮމްބިއާ އިން ވަނީ އެ ގައުމުގެ ސަރަހައްދީ ރޮނގު، މެއި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ބަންދުކުރަން ނިންމާފައެވެ. އަދި ވައިގެ މަގުން މި ވަގުތު އެ ގައުމަށް އިތުރުވެވެނީ އެ ގައުމުގެ ރައްޔިތުންނަށާއި، އެ ގައުމުގެ ވަޒަންވެރިވެގެން އުޅޭ އެހެން ގައުމުތަކުގެ ރައްޔިިތުންގެ އިތުރުން ބޭރުގެ ޑިޕްލޮމެޓުންނަށެވެ.

މިހާތަނަށް ކޮލޮމްބިއާ އިން ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ 1780 މީހަކު ވަނީ ފެނިފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 50 މީހަކު ވަނީ މަރުވެފައެވެ. ބަލި ފަސޭހަވެގެން ދޫކޮށްލާފައި ވަނީ 100 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
50%
25%
0%
0%
ކޮމެންޓް