ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 09:16
ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް
ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: އެމެރިކާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 ލައްކައަށް ވުރެ މައްޗަށް!
 
އެމެރިކާގައި ހަލުވިކަމާއެކު ދަނީ ވައިރަސް ފެތުރެމުން
 
އެންމެ ގިނައިން ކޮވިޑް-19 އަށް މީހުން ޕޮޒިޓިިވް ވެފައިވަނީ ނިއު ޔޯރކްއިން
 
އެމެރިކާއިން 400،412 މީހަކު ޕޮޒިޓިވްވެފައިވޭ

އެމެރިކާއިން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެން މައްޗަށް ގޮސްފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެމެރިކާއިން 400،412 މީހަކު ޕޮޒިޓިވްވެފައިވާއިރު، 12854 މީހަކު ވަނީ ބަލިޖެހިގެން މަރުވެފައެވެ. އަދި 21،674 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އެމެރިކާއިން 33،331 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ، ފަރުވާދެމުން ދަނިކޮށް 1,970 މީހުން ވަނީ މަރުވެފައެވެ

އެންމެ ގިނައިން ކޮވިޑް-19 އަށް މީހުން ޕޮޒިޓިިވް ވެފައިވަނީ ނިއު ޔޯރކްއިންނެވެ، އެއީ 142،384 އެވެ. ނިއު ޔޯރކް ސިޓީއިން ބަލިޖެހުނު މީހުންގެ އަދަދު އެންމެ ގިނައިން 2 ވަނަ އަށް ބަލި ފެނުނު ގައުމު، ސްޕެއިންއަށްވެސް ވުރެންވެސް މައްޗެވެ.

މިކަމާއި ގުޅިގެން އެމެރިކާ ކުއްލި ހާލަތަކަށް އައިސްފައިވާއިރު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން، ސިއްހީ މާހިރުން އަންދާޒާކުރާ ގޮތުން އެމެރިކާއިން ވައިރަސް ކޮންޓްރޯލްކުރެވޭއިރު 1 މިލިއަން މީހުންނަށް ބަލިޖެހޭނެއެވެ،

ސީރިއަސް ނުވަތަ ކްރިޓިކަލް ކޮންޑިޝަންގައި 9169 މީހަކު ވާއިރު މިހާތަނަށް އައިއިރު ފަރުވާދީގެން ރަނގަޅުކުރެވިފައިވަނީ 21،674 މީހުންނެވެ. މިއީ، އެެމެރިކާގައި ވައިރަސް ޖެހުނު މީހުންނާއި ބަލާއިރު ނިޞްބަތުން ވަރަށް މަދު ޢަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް