ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 08:45
ބޯރިސް ޖޯންސަން
ބޯރިސް ޖޯންސަން
ގޫގުލް
ކޮވިޑް-19
ސިޔާސީ ލީޑަރުންގެ ހިތްވަރުގެ ބަސްތައް ޔޫކޭގެ ބޮޑުވަޒީރަށް!
 
ގިނަ ފަރާތްތަކުން ހިތްވަރު ދިނުމުގެ މެސެޖުތައް ފޮނުއްވަމުން ގެންދަވާ
 
ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާރޗްމަހުގެ 26 ވަނަ ދުވަހު

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިވަގުތު ހޮސްޕިޓަލްގައި އޮންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ސިޔާސީ ފަރާތްތަކުން އެމަނިކުފާނަށް ހިތްވަރުދެއްވަން ފައްޓަވައިފިއެވެ.

ބޮޑުވަޒީރު ބޯރިސްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ހޯމަ ދުވަހު އައިސީޔޫއަށް ބަދަލުކޮށްފައިވާއިރު، ބޯރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އެގޮތުން ގިނަ ޤައުމުތަކުގެ ސިޔާސީ އިސް ފަރާތްތަކުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދެމުންދާއިރު، ޔޫކޭގެ ލޭބަރ ޕާޓީއަށް އަލަށް އިންތިހާބުވެވަޑައިގެން ލީޑަރު ކިއަރ ސްޓާމަރ ވިދާޅުވީ، މިފަދަ އުނދަގޫ ދަނޑިވަޅެއްގައިވެސް ޤައުމުތަކުގެ އެހީތެރިކަން ބޮޑުވަޒީރާއި، އެމަނިކުފާނުގެ އާއިލާއަށް ލިބެމުންދާ ކަމަށެވެ.

އޭގެ އިތުރުން، ސްކޮޓްލޭންޑުގެ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަރޖަން ބޯރިސްއަށް ހުރިހާ ގޮތަކުންވެސް ލާބައާއި މަންފާއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވާއިރު، އުތުރު އަޔަލޭންޑުގެ ފަސްޓް މިނިސްޓަރ އަރލީން ފޮސްޓަރ ވިދާޅުވީ، ބޯރިސްއަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރައްވާނެ ކަމަށެވެ.

ބޯރިސްގެ ޕާލަމެންޓަރީ ޕްރައިވެޓް ސެކެޓްރީކަން ކުރައްވާފައިވާ އަދި މިހާރުގެ އިންޓަރނޭޝަނަލް ޓްރޭޑް މިނިސްޓަރ ކޮނަރ ބާރންސް ކުރެއްވި ޓްވީޓެއްގައި ވަނީ ބޯރިސްއަކީ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައި، ވީހާވެސް އަވަހަކަށް އެމަނިކުފާނުގެ އެހީތެރިކަން ޤައުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން އެ ޤައުމުގެ ކުރީގެ ޗާންސެލަރ ސާޖިދް ޖާވިދް ވަނީ ބޯރިސްއަކީ އެންމެ ހިތްވަރުގަދަ އެއް ޝަހުސިއްޔަތުކަމަށް ވިދާޅުވެ، ޤައުމަށް އެމަނިކުފާނުގެ ބޭނުންތެރިކަން ނުހަނު ބޮޑުކަން ފާހަގަކުރައްވާފައެވެ.

ބޮޑުވަޒީރު ބޯރިސްގެ އެކުވެރިންނާއި، އިދިކޮޅު ފަރާތްތަކުންވެސް ހިތްވަރުދެއްވަމުން ގެންދަވާއިރު، ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވީ، އެންމެންގެވެސް އުއްމީދަކީ އެމަނިކުފާނު ވީހާވެސް އަވަހަކަށް ރިކަވަރވެ، އެނބުރި ވަޑައިގަތުން ކަމަށެވެ.

0%
80%
20%
0%
0%
0%
ކޮމެންޓް