ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 12:55
އެމްއެސްއެސްގެ އައިބީރިއަން ބޯޓް
އެމްއެސްއެސްގެ އައިބީރިއަން ބޯޓް
ކަސްޓަމްސް
އެމްއެސްއެސްގެ
އެމްއެސްއެސްގެ ފުރަތަމަ ބޯޓު މުދަލާއެކު ރާއްޖެ އަތުވެއްޖެ
 
އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް
 
އިބޭރިއަން ބޯޓަކީ 20 ފޫޓްގެ 700 ކޮންޓެއިނަރު އުފުލޭ ބޯޓެއް
 
ބޯޓު ރާއްޖެ އައިސްފައިވަނީ އާދިއްތަ ދުވަހު

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު އެމް.ވީ އައިބީރިއަން މުދާލައިއެކު ރާއްޖެ އައިސްފިއެވެ.

އާދިއްތަ ދުވަހު އެ ބޯޓު ރާއްޖެ އައިސްފައިވަނީ އަވަށްޓެރި ސްރިލަންކާއިންނެވެ. އިބޭރިއަން ބޯޓަކީ 20 ފޫޓްގެ 700 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. ބޯޓުން ގެނައި ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތައްތައް ހިމެނެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ މާޗް މަހުއެވެ. އެމްއެސްއެސްގެ ނަމުގައި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގުފަހިކޮށް ދިނުމެވެ.

އެ ކުންފުންޏަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޝިޕިންގ ލައިން، މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް (އެމްއެންސީއެލް) އުފައްދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުގައެވެ. އެ ޝިފިންގ ލައިނަކީ އޭރު މި ސަރަހައްދުގެ ވެސް އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިންއެވެ. އޭރު އެމްއެންސީއެލް ގައި 60 އަށްވުރެ ގިނަ ބޯޓު އޮތެވެ.

އެކަމަކު 1990 ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ބޮޑުވެ ކުންފުނި އެއްކޮށް ބަނގުރޫޓްވެ ފުނޑު ފުނޑުވެގެން ދިޔައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން ކުންފުނި ބަނގުރޫޓް ވެގެން ދިޔައީ އެންމެ އެކަށީގެންވާ ގޮތަށް ކުންފުނި ހިންގިފައިނުވާތީއެވެ.

އެމްއެންސީއެލްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެފައިވާ ގޮތުން ކުންފުނި ބަގުރޫޓް ވެގެން ދިޔައިރު ދަރަނި އޮތީ 16.4 މިލިއަން ޑޮލަރަށް އަރާފައެވެ. އެ ފައިސާ ދައްކައި ހަލާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ސަރުކާރުގެ އަމާޒަކީ، އައު ޝިޕިންގ ކުންފުންޏައެކު ސަރަހައްދުގެ ވަރަގުދަ ޝިޕިންގ ކުންފުންޏަކަށް އެ ކުންފުނި ހެދުމެވެ. ސަރުކާރުން އަންދާޒާކުރާގޮތުގައި އައު ކުންފުންޏާއެކު ދައުލަތަށް ބޮޑު ފައިދާއެއްވެސް ލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
79%
0%
5%
0%
3%
ކޮމެންޓް