ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 11:56
ބޮޑު އަގުގައި ވިއްކާ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖުރިމާނާ ކުރަނީ
ބޮޑު އަގުގައި ވިއްކާ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖުރިމާނާ ކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
އިކޮނޮމިކް މިނިސްޓްރީ
ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށްފި: އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރަނީ
 
ފިޔާ ބިސް އަލުވި ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ވިޔަފާރިވެރިން މައުލޫމާތުދޭ
 
އެސްޓީއޯއިން ދަނީ އަގު ކޮންޓްރޯލް ކޮށްގެން ވިއްކަމުން
 
އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ

ފިޔާ، އަލުވި އަދި ބިސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، އެކަން ސަރުކާރުން އިއުލާން ކޮށްފިއެވެ.

ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓްރީން ބުނީ އަގު ކޮންޓްރޯލް ކޮށްގެން ތަކެތި ވިއްކަން ފަށާނީ އޭފްރީލް މަހުގެ ހަޔަކުން ފެށިގެން ކަމަށެވެ.

އެންމެ މަތިން ވިއްކޭނެ އަގުތައް

1 ކިލޯގްރާމް އާދައިގެ ރަތް ފިޔާ 20 ރުފިޔާ

1 ކިލޯގްރާމް އާދައިގެ އަލުވި 20 ރުފިޔާ

1 ކިލޯގްރާމް ރީނދޫ މުގު 45 ރުފިޔާ

1 ހުދު ކުކުޅު ބިސް 1.80 ލާރި

އެ މިނިސްޓްރީން ބުނީ، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފިނަމަ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ

އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށެވެ.

ފިޔަ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށްފައިވާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފައެވެ. އެސްޓީއޯ އިން މިތަކެތި ކޮންޓްރޯލްކޮށް ވިއްކަން ފަށާފައިވާއިރު ބާޒާރުގައި މިތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. އެގޮތުން ބާޒާރުގައި ފިޔާ އަދި އަލުވި ކިލޯއެއް 30 ރުފިޔާއަށް ލިބޭއިރު ބިސް ވިއްކަމުން ދަނީ 2.50 ރުފިޔާ އާއި ތިން ރުފިޔާ ދެމެދުގެ އަގެއްގައެވެ.

ދާދި ފަހުން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކޮށްގެން ގެނައި 500 މެޓްރިކް ޓަނުގެ ހަކުރު އަދި 993 މެޓްރިކް ޓަނުގެ ހަނޑޫ ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާ 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
86%
0%
14%
0%
0%
ކޮމެންޓް