ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 13:40
ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން
ސޯޝަލް މީޑިއާ
މަގޭ ރިޕޯޓު
މިހާރު ލާދީނީ ވަނީ ޝަހީމް ވިދާޅުވީތީ ޤުރުއާން ނުކިޔެވުމުން؟
 
ޝަހީމްގެ އެވިދާޅުވާ ޗެލެންޖެއް ޤަބޫލު ނުކުރި އެންމެންނަކީ ލާދީނީ ބައެއްކަމަށްވެސް ބައެއް މީހުން ބުނަން ފަށައިފި
 
ދީނުގައި ދެއްކުންތެރިކަމެއް ނެތް
 
ދީނީ އަޅުކަންތަކަކީ އެކަކު އަނެކަކަށް ބާޖުމަރައިގެން ކުރަން އޮންނަ ކަންތަކެއް ނޫން

މިހާރު އިދިކޮޅުގެ ތިބި ފަރާތްތަކަކީ ސިޔާސީ ބޭނުމަށްޓަކައި ދީން ހަތިޔާރަކަށް ހެދުމަށް އާ ބައެއް ނޫނެވެ. ދީނަށްޓަކައި، ޤައުމަށްޓަކައޭ ބުނެ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަމެއް ފުރޮޅާލަން 2012 ވަނަ އަހަރު ނުކުތް ބަޔަކު، އޭގެ ޖެހިގެން އައި 7 އަހަރު ބޮޑެތި ވައްކަމާއި ކޮރަޕްޝަން ހިންގަމުން އައީ އިސްލާމް ދީނުގެ ނަން ބޭނުންކޮށްގެން، ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. ތިމާ ނުރުހޭ ކޮންމެ މީހަކީ ލާދީނީ މީހެއްކަމަށް ލޭބަލްކޮށް، ތިމާމެން ބޭނުންވާ ކޮންމެ ކަމެއް ކުރުމަކީ އިސްލާމީ ދީނުގެ ފަރުޟެއްކަމަށް ހަދައި، ރައްޔިތުންނަށް އޮޅުވާލަމުން ދިޔަނަމަވެސް، ދިވެހި ރައްޔިތުން މިއަދު ހޭ އަރައިފިއެވެ.

މިއަދު މިއޮތީ އަނެއްކާވެސް އޭގެ އަނެއް ކަންތައް ލައިގެންފައެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެން ފާޑެއްގެ ގޭ ބަންދެއްގައި ތިބެން މަޖުބޫރު ވެފައިވާ މިދަނޑިވަޅުގައި، ގޭގައި ތިބެގެން އެކި މީހުން ދަނީ ފޫހިފިލުވަން އެކި ކަންކަން ކުރަމުންނެވެ. އެކި ކަހަލަ ޗެލެންޖުތަކުން ސޯޝަލް މީޑިއާ ފުރާލައިފިއެވެ. މީގެ ތެރެއިން ދެން ފެނުނީ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ޤުރުއާން ކިޔަވާ ވިދާޅުމަށްފަހު އެމަންޒަރު ސޯޝަލް މީޑިއާއަށް ލެއްވި މަންޒަރެވެ. އަދި އެހެން މީހުންވެސް އެކަން ކުރަން ބާރު އެޅިއެވެ. އެއް ގޮތަކުން ރަނގަޅު ކަމެކެވެ.

އެހެން ނަމަވެސް ދެން އެކަން ބަދަލުވީ ތަފާތު މަންޒަރަކަށެވެ. މާތް ﷲގެ ކަލާމްފުޅު ކިޔަވާލާފައި، ސޯޝަލް މީޑިއާއަށް އެދޫކޮށްލަނީ ޝަހީމްގެ ޤުރުއާން ޗެލެންޖްގެ ނަމުގައެވެ. އަޅުކަމުގައި ދެއްކުންތެރިކަމެއް ގެންގުޅެގެން ނުވާނެކަމަށް ދީނީ އިލްމުވެރިން އެވިދާޅުވަނީއެވެ.

އެވަރުން ނިމުނީކީ ނޫނެވެ. ޝަހީމްގެ އެވިދާޅުވާ ޗެލެންޖެއް ޤަބޫލު ނުކުރި އެންމެންނަކީ ލާދީނީ ބައެއްކަމަށްވެސް ބައެއް މީހުން ބުނަން ފެށީއެވެ. މިއީ އަނެއްކާވެސް ނުރައްކާތެރި ކަމެއްގެ ފެށުމެވެ. މާދަމާ ޝަހީމް ނަމާދު ކުރާ މަންޒަރު ޓްވީޓްކުރުމަށްފަހު، އެހެން މީހުން ނަމާދުކުރާ މަންޒަރު ސޯޝަލް މީޑިއާއަށް ލާން ގޮވާލީމަ، އެކަންވެސް ކުރަން އޭރުން އޮންނާނީ ޖެހިފައެވެ. ދެން ފެންނާނީ އެއަށް އިޖާބަ ނުދިން މީހުން ފަހަތުން "ލާދީނީ" އޭ ގޮވަމުން ދުއްވައިގަންނަ ތަނެވެ.

ދީނީ އަޅުކަންތަކަކީ އެކަކު އަނެކަކަށް ބާޖުމަރައިގެން ކުރަން އޮންނަ ކަންތަކެއް ނޫނެވެ. އެހެންނަމަވެސް ސިޔާސީ ބޭނުމަށްޓަކައި މިކަން ކުރުން މިހާރު މިވަނީ ފެށިފައެވެ. މިއީ ސިޔާސީ ކަމެއް ނޫންނަމަ ޝަހީމް އޭނާގެ ޗެލެންޖްގެ ދައުވަތު ރައީސް ނަޝީދަށް ނުދެއްވީސްކަން ކަށަވަރެވެ. ބޭނުމަކީ ސިޔާސީ ގޮތުން މީހުންގެ 'އެޓެންޝަން' ހޯދުމެވެ.

ދީނުގައި ޙަރާމް ކުރައްވާފައިވާ ބަޣާވާތުގެ ކަންކަމުގައި އުޅުނުކަމަށް ޝަހީމަށް ކުރެވޭ ތުހުމަތުތަކުން ބަރީއަ ވެވޭ ފަދަ ޙާލަތެއްގައި ޝާހީމް ހުރިނަމަ މިއަދު ކިތަންމެހާވެސް ރަނގަޅެވެ. އެހެނަސް ހަގީގަތް ނުދަންނަ ދިވެހިރައްޔިތަކު މިއަދު ނުހުންނާނެއެވެ.

މިކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ޝަހީމަށް ދެއްވި ނަސޭހަތް ކަމުދެއެވެ. މިކަހަލަ ބޭކާރު ކަންކަމުގައި ޑރ ޝަހީމާ ރައީސް ނަޝީދު ތަޅުއްވާނެކަމެއް ނެތެވެ. ޝަހީމްވެސް ﷲ އަށް ކުއްތަންވެ، ގޭގައި އިނދެ މަޑުމޮޅިކަމާއެކު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔެވުމަށްފަހު، ޗެލެންޖެއްގެ ގޮތުގައި ބަޣާވާތުގައި ބައިވެރި ނުވާކަން ސާބިތުކޮށްދޭން ނިކުންނަންވީއެވެ. ދީނުގައި ދެއްކުންތެރިކަމެއް ނެތެވެ.

2%
7%
2%
71%
2%
15%
ކޮމެންޓް
9 އޭޕްރިލް 2020 | ބުރާސްފަތި 18:03
ޢިބޫ
ޅާދީނީ ވަނީ ކީރިތި ރަސޫލާއައް ފުރައްސާރަކޮއް ﷲ ގެ ޙުކުމް ފުޅުތަކައް ގޮނަޖަހާ އަހަރެމެން އަތުން ކޮށާ މަށާ ގަނޫުނު އެއީ އިލާހީގާނޫނައް ވުރެ މަތީ އެއްޗަކައް ވަކާލާތު ކުރާތީ. ޝަހީމް ބުންޏައްސް ނުބުންޏަސް މިސަރުކާރުގަ އެބަތިބި ޤުރުއާން ކލޔަވާލަން ނުކެރޭވަރު ގެ ލާދީނީ މީހުން. ޢެކަން ހަމަ ޔަޤީން ...
7 އޭޕްރިލް 2020 | އަންގާރަ 06:15
ނުރަބޯ
ކިޔަވަން ނޭންގޭ މީހަކަށް ނުކިޔެވޭނެދޯ. ނަޝީދަށް ކިޔަން ނޭންގުމަކީ ޝަހީމުގެ މައްސަލައެއް ނޫން.
6 އޭޕްރިލް 2020 | ހޯމަ 20:46
އިބުރާހިމް
ހަމަހިލާ އެއްގޮތަކަށްވެސް ދީނީ އަޅުކަމަކާ ގާތް ނުވެވޭނެހެން ކޮންމެސް ރިޕޯޓެއް ހަދާލީ..