ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 06:48
ފީފާގެ އޮފީސް
ފީފާގެ އޮފީސް
ގެޓީ އިމޭޖަސް
ކޮވިޑް-19
ޖޫން މަހަށް ރާވައިފައިވާ ހުރިހާ ހަރަކާތްތަކެއް ނުބާއްވަން ފީފާއިން ނިންމައިފި
 
މި ނިންމުމަކީ ކުޅުންތެރިންގެ ސިއްހަތަށް ވިސްނާފައި ނިންމި ނިންމުމެއް

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖޫން މަހަށް ރާވައިފައިވާ އެއްވެސް ފުޓުބޯޅަ ހަރަކާތެއް ނުބާއްވަން ދުނިޔޭގެ ފުޓްބޯޅައިގައި މައި އިދާރާ ފީފާއިން ނިންމައިފިއެވެ.

ފީފާއިން މިހެން ނިންމީ ހުކުރު ދުވަހު ބޭއްވުނު ހާއްސަ ބައްދަލުވުމުގެ ތެރޭގައެވެ. މި ބައްދަލުވުމުގައި ފީފާއިން ވަނީ މުހިންމު ދެ ނިންމުމެއް ނިންމައިފައެވެ. އެއީ ޖޫން މަހު މަހު ލިބޭ އިންޓަނޭޝަނަލް ބްރޭކްގައި ކުޅެވޭ މެޗުތައް ނުކުޅުމަށާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ޝެޑިއުލް ހެދުމާއި ބެހޭ ގޮތުން ކުރަމުން އަންނަ މަޝްވަރާތައް ހުއްޓައިލުމެވެ.

ފީފާއިން ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން ފީފާއިން ނެރުނު ބަޔާނުގައި ބުނީ ފީފާއިން މި ނިންމުންތައް ނިންމީ ކުޅުންތެރިންނާއި އާންމުންގެ ސިއްހަތައް ވިސްނުމަށްފަހު ކަމަށާއި މިވަގުތު މި ނިންމުން ނިންމަން ފީފާއަށް މަޖުބޫރު ކަމަށެވެ. ފީފާއިން އިތުރަށް ބުނީ އެއިދާރާއިން އަބަދުވެސް ވިސްނާނީ ކުޅުންތެރިންގެ ސިއްހަތަށް ކަމަށާއި މިއީ މި ހާލަތައް މުހިންމު ނިންމުމެއް ކަމަށް ދެކޭކަމަށެވެ.

ފީފާއިން މި ގޮތަށް ނިންމިއިރު މިއަހަރު ހޫނު މޫސުމުގައި ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ޔޫރަޕުގައި ކުޅޭ އެންމެ ވަރުގަދަ ފަސް ލީގުގެ ކުޅުން މިހާރު ވަނީ މެދު ކަނޑާލައިފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަށް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށް ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް