ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 15:16
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ކޮވިޑް-19
އިންތިހާބު ފަސްކުރުމުގެ ބިލް ވަނީ ލިބިފައި، އަންނަ ހަފްތާގައި ބަހުސް ފަށާނަން: ރައީސް ނަޝީދު
 
އޭގެފަހުން އޭޕްރީލް މަހުގެ 18 އަށް އިންތިހާބު ފަސްކޮށްފައިވޭ
 
އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ އޭޕްރީލް މަހުގެ 4 ގައި
 
އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ދެ ވިސްނުމެއް އެބަ އޮތް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލު ލިބިވަޑައިގެންފައިވާކަމަށާއި، ބިލްު ބަހުޘް އަންނަ ހަފުތާގެ ހޯމަ ދުވަހު ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާ ބިލުގެ ޑްރާފްޓް މަޖިލީހަށް ލިބިފައިވާކަމަށެވެ. އަދި އެ ބިލުގެ ބަހުޘް އަންނަ ހަފުތާގައި ފަށާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިހާބާއި ގުޅޭ ބިލު މަޖިލީހަށް މިހާރު ވަނީ ލިބިފައި. ހޯމަ ދުވަހު އިރާދަކުރެއްވިއްޔާ ބިލު، އަޅުގަނޑުމެން ބަހުސް ފަށާނަން. ފުރަތަމަ ކިއުން އޮންނާނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކައުންސެލަރ ޖެނެރަލްވެސް ލަފާ އަރުވަނީ ބިލުގެ މަސައްކަތް އަވަހަށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެހެންކަމުން ބިލުގެ މަސައްކަތް އަވަހަށް ކުރިއަށްގެންދާނެކަމަށެވެ.

ނަޝީދު ވިދާޅުވީ އިންތިޚާބާމެދު ދެ ވިސްނުމެއް އެބަހުރި ކަމަށާއި އެއް ގޮތަކީ ޑޮކްޓަރުންގެ ލަފަޔާއެކު އިންތިޚާބެއް ބޭއްވޭތޯ ބެލުން ކަމަށެވެ. ނަމަވެސް ކެމްޕެއިން ކުރުމަށް ވެސް ވަގުތު ބޭނުންވާތީ އެ ގޮތަށް އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. ސަރުކާރުން ވެސް އެދެނީ އިންތިޚާބު ލަސްކުރަން ކަމަށާއި މަޖިލީހުގެ މެންބަރުންވެސް ބޭނުންވަނީ އެގޮތް ކަމަށް ޤަބޫލުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް