ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 07:37
ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންތަކެއް
ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންތަކެއް
ރައީސް އޮފީސް
ކޮވިޑް-19
މިވަގުތު ރާއްޖެއިން ބޭރުގައި ތިބި 7501 ދިވެއްސަކު ވަނީ ރަޖިސްޓްރީ ކޮށްފައި
 
އެއްވެސް ދިވެއްސަކު ބާކީ ނުކޮށްލާމުން ދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައި
 
ކިޔަވަން ތިބި ބައެއް ދަރިވަރުން ދަނީ ރާއްޖެ އަންނަމުން
 
ގިނަ ދިވެހިން ބޭނުންވަނީ އަނބުރާ ރާއްޖެ އަންނަން

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރާ ގޮތުގައި މި ވަގުތު ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތިބި 7501 ދިވެެއްސަކު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ރަޖިސްޓްރީކޮށްފައެވެ.

ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ ނެޝަނަލް އެމެޖެންސީ ސެންޓަރު ގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ކަމަށް 8508 ފަރާތަކުން ރަޖިސްޓަރ ކުރި ކަމަށެވެ. އޭގެ ތެރެއިން ބައެއް ދިވެހިން މިހާރު ރާއްޖެއައިސްފައިވާކަމަށެވެ. އެއާއެކު މި ވަގުތު ރާއްޖެއިން ބޭރުގައި ތިބި ކަމަށް 7501 ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ގިނަ ދިވެހިންތަކެއް ދަނީ ރާއްޖެ އަންނަމުންނެވެ. އަވަށްޓެރި ބައެއް ޤައުމުތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވައިގެ ދަތުރުފަތުރު ކުރުން މެދުކަނޑާލާފައިވާތީ ބޭރުގައި ތިބި ދިވެހިން ގެނައުމަށް ދަތިތަކާއި ދިމާވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް ދިވެއްސަކު ބާކީނުކޮށް ހުރިހާ ދިވެހިންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރު ޢާބްދުﷲ ޝާހިދު ވަނީ ދެއްވާފައެވެ. ފޮރިން މިނިސްޓްރީން ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
50%
0%
0%
0%
0%
ކޮމެންޓް