ކ. މާލެ
|
30 މާރޗް 2020 | ހޯމަ 20:32
ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިޔާ ވަނީ ލޮކްޑައުންކޮށްފައި
ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިޔާ ވަނީ ލޮކްޑައުންކޮށްފައި
އިންޑިއަން އެކްސްޕްރެސް
ކޮވިޑް-19
ލޮކްޑައުންކުރުމުން ދިމާވާދަތިތަކަށް އިންޑިޔާގެ ފަގީރުންގެ ކިބައިން މޯދީ މަޢާފަށް އެދިވަޑައިގަންފި
 
އިންޑިޔާގައި މިހާތަނަށް މިވައިރަސް ހާހަހަކަށްވުރެ ގިނަ މީހުންނަށް ޖެހިފައިވޭ
 
ލޮކްޑައުންއަށް ދިޔައީ އިތުރު އެއްވެސް ގޮތެއް ނެތިގެންކަމަށް މޯދީ ވިދާޅުވި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މުޅި އިންޑިޔާ 21 ދުވަސްވަންދެން ލޮކްޑައުން ކުރުމަށް ނިންމެވި ނިންމެވުމާއެކު އިންޑިޔާގެ ފަގީރުން ތަހައްމަލުކުރަމުންދާ ކަންކަމަށް އެގައުމުގެ ބޮޑު ވަޒީރު މަޢާފަށް އެދިވަޑައިގެންފި އެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާ ލޮކްޑައުން ކުރެއްވުމަށް މޯދީ ނިންމެވުމުން އިންޑިޔާގެ ތެރެއިން މޯދީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެގޮތުން އެއްވެސް ޕްލޭނެއް ނެތި ލޮކްޑައުން ކުރުމަށް ނިންމެވީކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މުޅި އިންޑިޔާ ލޮކްޑައުން ކުރުމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މޯދީ ނިންމެވި ނިންމެވުމުގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ އެގައުމުގެ ފަގީރިންނަށެވެ. ލޮކްޑައުން ކުރުމަށް ނިންމިނިންމުމާއެކު ސިޓީތަކުގައި ދިރިއުޅެމުންދާ އެތައް މިލިއަން ބަޔަކަށް މަޖުބޫރުވެފައިވަނީ ސިޓީތައް ދޫކޮށް އެމީހުންގެ އަވަށްތަކަށް ދާށެވެ. ލޮކްޑައުންގެ ސަބަބުން އެމީހުން މިހާރު އަމިއްލަ ގެތަކަށް ދަނީ އެތައް މޭލަކަށް ހިނގާފައެވެ.

އިންޑިޔާގެ ރައްޔިތުންނާއި ރޭޑިއޯ މެދުވެރިކޮށް މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އެންމެ ފުރަތަމަވެސް މަޢާފަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވަނީ އިންޑިޔާގެ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެގައުމުގެ ފަގީރުން މިއީ ކޮންކަހަލަ ބޮޑުވަޒީރެއްތޯ މިހާރު ސުވާލުކުރާނެ ކަމަށާއި ނަމަވެސް ލޮކްޑައުންއަށް ދިޔައީ އިތުރު އެއްވެސް ގޮތެއް ނެތިގެންކަމަށް މޯދީ ވިދާޅުވި އެވެ. އަދި މިފިޔަވަޅުގެ ސަބަބުން އިންޑިޔާއަށް ކޮވިޑް-19 އިން ރައްކާތެރިވެވޭނެކަމަށް މޯދީ ވިދާޅުވި އެވެ.

އިންޑިޔާގައި މިހާތަނަށް މިވައިރަސް ހާހަހަކަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 29 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިޔާ ސަރުކާރުންވަނީ ފަގީރުންނަށް އެހީތެރިވުމަށް 22.6 މިލިއަން ޑޮލަރުގެ އެކޮނޮމިކް ސްޓިމިޔުލަސް ޕްލޭނެއް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ތަޢާރަފްކިށްފަ އެވެ. ނަމަވެސް އެގައުމުގެ އިގްތިޞާދީ މާހިރުން ބުނާގޮތުގައި އެއަދަދުން އިންޑިޔާގެ ފަގީރުންގެ ބޭނުންތަކެއް ނުފުއްދޭނެއެވެ.

އިންޑިޔާގެ މައި ސަރުކާރުން އެގައުމުގެ ސްޓޭޓްތަކަށް އަންގާފައިވަނީ އެތަންތާންގައި ދިރިއުޅޭ ފަގީރުންނަށް ބޭނުންވާ ކާނާ އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ލޮކްޑައުންގެ ކަންކަން ފުރިހަމައަށް ނުދާތީ މޯދީގެ ސަޕޯޓަރުން އަންނަނީ ސްޓޭޓްތަކުގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މުޅި އިންޑިޔާ ލޮކްޑައުންކުރުމާއެކު ރަނގަޅު ޕްލޭންތަކެއް ނެތުމުގެ ސަބަބުން ކާނާއާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް އަންނަނީ ދަތިތަކާއި ދިމާވަމުންކަމަށް އެގައުމުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
83%
17%
0%
0%
ކޮމެންޓް