ކ. މާލެ
|
30 މާރޗް 2020 | ހޯމަ 19:13
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޝުއައިބް މުހައްމަދު އިގްބާލް
ކޮވިޑް-19
ކޮވިޑް-19: ވަޒީފާއަ ގުޅޭ 200 އަށްވުރެ ގިނަ މައްސަލައެއް
 
ވަޒީފާއާ ގުޅުންހުރި މައްސަލަތައް ހުށައެޅުމަށް ޖޮބް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައި

ކޮވިޑް-19 އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާޖޮބް ސެންޓަރަށް200 އަށްވުރެ ގިނަ މައްސަލަ އެއް ހުށައެޅިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނީ، ހޯމަ ދުވަހާ ހަމަޔަށް ވަޒީފާއާ ގުޅުން ހުރި 219 މައްސަލަ އެއް ހުށައެޅިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބްސެންޓަރގައި ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް-ފްލޯފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީއާ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ގާއިމްކޮށްފައިވާ ޕޯޓަލްއެކެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ވަަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ތައާރަފު ކުރި އެޕޯޓަލްއާއި އެކު ވަޒީފާ ހޯދާ ފަރާތްތަަކަށާއި، ވަޒީފާ ދޭ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ބަލައިލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް