ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 07:30
ކޮވިޑް-19 ގެ އަލާމާތެއް ހުރި ތޯ ބަލަނީ
ކޮވިޑް-19 ގެ އަލާމާތެއް ހުރި ތޯ ބަލަނީ
ބިޒްނަސް އިންސައިޑަރ
ކޮވިޑް-19
ކޮވިޑް-19 ޖެހުނު މީހުން އެންމެ ގިނައީ އަދިވެސް އެމެރިކާގައި
 
25,207 މީހުން އަދިވެސް ތިބީ ސީރިއަސް ޙާލަތުގައި
 
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 490,678 މީހުން މި ވައިރަސްއަށް ފަރުވާ ހޯދަމުން އެބަދޭ
 
މުޅި ދުނިޔެއިން 663,740 ގިނަ މީހުންނަށް މި ވައިރަސް ވަނީ ޖެހިފަ

މިދިޔަ އަހަރުގެ ޑިސެންމބަރުމަހު ޗައިނާއިން ނޮވެލް ކޮރޯނާވައިރަސް ފެނި އަދި ޖެނުއަރީ މަހުން ފެށިގެން ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް މިވައިރަސް ފެތުރެން ފަށާފައިވާއިރު މިހާތަނަށް ދުނިޔޭގެ 200އަށް ވުރެ ގިނަ ޤައުމަށް މި ވައިރަސް މިހާރު ވަނީ ފެތުރިފައެވެ. މިއަދާއި ހަމަޔަށް ބަލާއިރު މުޅި ދުނިޔެއިން 663,740 ގިނަ މީހުންނަށް މި ވައިރަސް ވަނީ ޖެހިފައެވެ. އަދި 30,879 މީހުން ވަނީ ފަރުވާ ދެމުންދަނިކޮށް މި ވައިރަސްގައި މަރުވެފައެވެ. އެހެންނަމަވެސް ފަރިވާދީގެން މިހާތަނަށް އައިއިރު 142,183 މީހުން ވަނީ ރަނގަޅުވެފައެވެ.

އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 490,678 މީހުން މި ވައިރަސްއަށް ފަރުވާ ހޯދަމުން އެބަދެއެވެ. އެހެކެރިކޮށްގެންނާއި ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު، މީގެތެރެއިން 25,207 މީހުން ތިބީ ސީރިއަސް ޙާލަތުގައެވެ. މިއީ ފަރުވާދެމުންދާ މީހުންގެ ފަހެއް އިން ސައްތައެވެ.

ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، މިހާރު އެންމެ ނުރައްކާތެރި ޙާލަތެއްގައި އޮތީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުކަމަށްވާ އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް އައިއިރު، 123,750 މީހަކަށް މި ވައިރަސްޖެހިފައިވެއެވެ. އެއީ މި ވައިރަސް އަލަށް ފެނުނު ޗައިނާއަށް ވުރެ ގިނަ އަދަދެކެވެ. އެމެރިކާގައި މިހާތަނަށް މި ވައިރަސްގައި 2,227 މީހުން މަރުވެފައިވެއެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުވެސް 6 މީހުން މަރުވެފައިވެއެވެ. އަދި ފައިތުވެދިޔަ 24 ގަޑިއިރު އަލަށް 172 މީހުން މި ވައިރަސްއަށް ޕޮޒިޓިވް ވެފައިވެއެވެ. އެމެރިކާގައި 118,292 މީހަކަށް މިހާރު ފަރުވާދެމުންދާއިރު، މީގެތެރެއިން 2,666 މީހުންގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.

ދެވަނަށް އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އިޓަލީގައެވެ. އިޓަލީގައި 92,472 މީހަކު މިވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 10,023 ވަނީ މަރުވެފައެވެ. ފަރުވާ ދީގެން 75,448 މީހުން ރަނގަޅުވެފައިވާއިރު، އަދިވެސް 2,691 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ، ވައިރަސް ފެނުނު ޗައިނާއިންނެވެ. އެއީ، 81,439 މީހުންނެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ޗައިނާއިން 45 މީހުންނަށް އަލަށް މިވައިރަސް ޖެހުނެވެ. އަދި 5 މީހުން މަރުވިއެވެ. ޗައިނާގައި މިހާރުވެސް މި ވައިރަސްއަށް 2,691 މީހުން ފަރިވާ ހޯދަމުން އެބަދެއެވެ. މީގެތެރެއިން، 742 މީހެއްގެ ޙަލަތު ވަރަށް ސީރިއަސްއެވެ. ޗައިނާގައި މިހާތަނަށް ފަރުވާ ދީގެން 75,448 މީހުން ވަނީ ރަނގަޅުކޮށްފައެވެ. ޗައިނާއިން މިވައިރަސް ފެނުނު ނަމަވެސް، އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ޗައިނާއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ޗައިނާގައި ވައިރަސް ފެތުރެން ފެށިތާ 3 މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ވައިރަސް ބާރަށް ފެތުރެމުންދާ އެހެން ޤައުމުތަކަށް ވުރެ، ޗައިނާގައި ވައިރަސް ފެތުރުނު މުއްދަތަށް ބަލާއިރު، ވައިރަސްޖެހުނު މީހުންނާއި މަރުވީ މީހުންގެ އަދަދު މަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް