ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
ކޮވިޑް-19

ބެލްޖިއަމް އިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

  • ހޮންގް ކޮންގްއިން ވަނީ ދެ ކުއްތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ
  • ބުޅާ ބަލަހައްޓާ މީހާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ

ކ. މާލެ | 28 މާރޗް 2020 | ހޮނިހިރު 04:00 | 522,199

ބެލްޖިއަމްއިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުން - އޭއެފްއެސްސީއޭ

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ކޮވިޑް-19 އަށް ބެލްޖިއަމްއިން ބުޅަލެއް ޕޮޒިޓިވް ވެއްޖެއެވެ.

ބެލްޖިއަމްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އެގައުމުން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ބެލެވޭ ގޮތުގައި ބުޅާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ ބުޅާ ބަލަހައްޓާ މީހާގެ ފަރާތުން ކަމަށެވެ. ބުޅާ ބަލަހައްޓާ މީހާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ބެލްޖިއަމްގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނީ ބުޅަލަށް ވައިރަސް ޖެހިފައިވަނީ ބުޅާ ބަލަހައްޓަމުންދިޔަ މީހާގެ ފަރާތުން ކަމަށާއި އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނާއި ގައިގޯޅިވެ އުޅުމުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ބުޅަލަށް ކޮވިޑް-19 ޖެހުނުކަން އިނގުނީ ބޮޑުކަމުދިޔުމުގައި އުނދަގޫތަކެއް އުޅުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުންނެވެ.

ބެލްޖިއަމްގެ ފުޑް އެންޑް ސޭފްޓީ އެޖެންސީއިން ބުނީ ބުޅަލުގެ ޒަރިއްޔާއިން އިންސާނުން އަދި ޖަނަވާރަށް ވެސް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތްކަމަށް އަދި ބެލެވިފައި ނުވާ ކަމަށާއި ނަމަވެސް ޖަނަވާރުން ގެންގުޅޭ ފަރާތްތަކުން އެއާއި ގައިގޯޅިވެ ނޫޅުމަށް އެދޭކަމަށެވެ.

ބެލްޖިއަމްއިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ހޮންގް ކޮންގްއިން ވަނީ ދެ ކުއްތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.