ހޮނިހިރު 08 އޯގަސްޓު 2020
11 އަހުލިހަ
1441 ޒުލްޙައްޖު 18
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:32
އިރުއޮއްސޭ 18:22
އިޝާ 19:36
މާލެ - ތިލަފުށި ބްރިޖް

ބްރިޖްގެ ސަރވޭ ކުރިޔަށްދާ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް އަންގައިފި

  • ސަރވޭ ހަދަނީ ނެދަލޭންޑްގެ ކުންފުންޏަކުން
  • ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށް ނުރައްކާތެރި ސަރަހައްދެއް: މިނިސްޓްރީ
  • އެ ސަރަހައްދަށް ޑައިވްކުރުމާއި އަދި މޫދަށް އެރުމަކީ މަނާކަމެއް ކަމެއް

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 19:07 | 6,502

ބްރިޖްގެ ސަރވޭ ހަދަން އައި އެމްބަރޖެކް ބޯޓް މާލެގައި ބަނދަރު ކޮށްފައި - ރާއްޖެއެމްވީ

މާލެ ތިލަފުށިގެ ލިންކް މަޝްރޫއުގެ ސަރވޭ މަސައްކަތް ކުރިޔަށްދާ ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަޙައްދެއް ކަމުގައިވާތީ، ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޕްލޭނިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ، މާލެ އާއި ވިލިނގިލި ދެމެދުގެ ކަނޑުގެ ސަރަހައްދުގައި އާއި ވިލިނގިލީ ދެކުނު ފަރުމަތީގައި ބޯ ހޯލް ތޮރުފުމުގެ މަސައްކަތް އެ ސަރަޙައްދުގައި ހާއްސަ ޕްލެޓްފޯމްތަކެއް ބާއްވައިގެން ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، އެ މަސައްކަތް ކުރިއަށްގެންދާއިރު ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެ މަސައްކަތް ނިމެންދެން އެކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި ސަރަހައްދުގައި ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެ ސަރަހައްދަށް ޑައިވްކުރުމާއި އަދި މޫދަށް އެރުމަކީ މަނާކަމެއް ކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޕްލޭން ކުރައްވާފައިވާ މާލެ އާއި ތިލަފުށި ސަރަހައްދު ގުޅާލަދޭ ބްރިޖްގެ އެޅުމަށް ހަދަންޖެހޭ ސާވޭތައް ހަދާ ބޯޓު މާލޭގައި ބަނދަރުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެމްބަރޖެކް ނަމަކަށް ކިޔާ ސާވޭ ބޯޓު މާލެއާ ހަމައަށް އުފުލި އުޅަނދަކީ އެމް.ވީ ޑިވެލޮޕްމަންޓް ވޭ އެވެ. އެމްވީ ޑިވެލޮޕްމަންޓް ވޭ އަކީ މާލެ އާއި ހުޅުމާލެ ގުޅުވާލި ބްރިޖްގެ މަސައްކަތްތަކުގައި ބޭނުން ކުރި ކްރޭން ބާޖާއި ޓަގް ބޯޓުތައް އަނބުރާ ގެންދިއުމަށް ބޭނުން ކުރި އުނޅަދެވެ.

މާލެ އާއި ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށި ސަރަހައްދު ގުޅާލުމަށް ޕްލޭން ކުރެވިފައިވާ ބްރިޖްގެ ތަނބުތައް ފެތުރޭ ކަނޑުގެ ސަރަހައްދު އެމްބަރޖެކް އިން ސާވޭ ކުރާނެއެވެ. އެމްބަރޖެކްގައި މަސައްކަތް ކުރާ މީހުންގެ އެކޮމޮޑޭޝަން އާއި، ހެލިޕެޑަކާއި ކްރޭން ފަދަ މުހިންމު ވަސީލަތްތައް ގާއިމް ކުރެވިފައިވާ އުޅަނދެކެވެ.

މާލެ އާއި ތިލަފުށި ހިމެނޭ ސަރަހައްދު ގުޅާލުމަށް އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ސާވޭގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެއެވެ. ސާވޭގެ މަސައްކަތްތައް ހަވާލު ކުރެވިފައިވަނީ ނެދަރލޭންޑްސްގެ ކުންފުންޏަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.