ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 12:45
ހޮނޑާފުށި
ހޮނޑާފުށި
ގޫގުލް
ފުލުހުން
ހުއްދަނެތި ހޮނޑާފުށި ރިސޯޓަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި
 
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް

ހުއްދަނެތި ހޮނޑާފުށި ރިސޯޓަށް އެރި މުވައްޒަފަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުމާއި ރަށްރަށުން މީހުން ރިސޯޓްތަކަށް އެރުން މަނާކޮށްފައިވަނިކޮށް މިހިނގާ މާރޗް މަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ހދ. ހަނިމާދޫގައި ހުރެފައި ހޮނޑަފުށި އައިލެންޑް ރިސޯޓުގެ މެނޭޖްމަންޓްގެ ހުއްދަނެތި ރިސޯޓަށްއަރާ ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން ފައިބާ ހަނިމާދޫއަށް ދިއުމުން ކޯޓުއަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް