ހޯމަ 30 މާރޗް 2020
05 ރޭވަ
1441 ޝައުބާން 06
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:13
މަޣްރިބް 18:17
އިޝާ 19:28
ކުޅިވަރު - ކޮވިޑް-19

ފެޑެރާގެ މާލީ އެހީތެރިކަން ހާލުގައި ޖެހިފައިވާ އާއިލާތަކަށް

  • ފެޑެރާ ވަނީ އެއް މިލިއަން ސްވިސް ފްރޭންކް ހަދިޔާކޮށްފައި

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 26 މާރޗް 2020 | ބުރާސްފަތި 12:04 2,475

ޓެނިހުގެ ތާރީހުގައި މަޝްހޫރު ތަރި ރޮޖާ ފެޑެރާ - ގެޓީ އިމޭޖާސް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސްވިޒަލެންޑުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ޓެނިހުގެ ތާރީހުގައި މަޝްހޫރު ތަރި ރޮޖާ ފެޑެރާ އާއި އޭނާގެ އަންހެނުން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސްވިޒަލެންޑަށް އުފަން ފެޑެރާ ވަނީ އެގައުމުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް އެއް މިލިއަން ސްވިސް ފްރޭންކް ހަދިޔާކޮށްފައެވެ.

ސްވިޒަލެންޑުގައި ވަނީ އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައެވެ. އަދި އެގައުމުގައި ހުރި ފިހާރަތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ ދެންހުރި ހުރިހާ ފިހާރައެއް ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ.

20 ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ބުނީ މިއީ ފެށުމެއް ކަމަށާއި، އޭނާގެ އަމާޒަކީ އެއްވެސް މީހަކު ބާލީ ނުކުރުން ކަމަށެވެ. އަދި މި ދަނޑުވަޅުގައި އިތުރު ފަރާތްތަކުންވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެޑެރާ ވަނީ ގޮވާލާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން އެކި ކުޅިވަރު އެތުލީޓުން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މީގެ ކުރިން ގިނަ ފުޓްބޯޅަ ކުޅުންތެރިންވެސް ވަނީ މާލީ ގޮތުން ގިނަ އެހީތަކެއް ވެދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޓެނިހުގެ ހަރަކާތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތްވެސް ވަނީ ފަސްކޮށްފައެވެ. މި މުބާރާތް ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ.

މީގެ އިތުރުން ޔޫއެސް އޯޕަން ޓެނިސް މުބާރާތާއި ވިމްބަލްޑަން ޓެނިސް މުބާރާތް ފަސްކުރާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް