ކ. މާލެ
|
25 މާރޗް 2020 | ބުދަ 21:20
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ޔޫސުފް ސޮފްވާން ރަޝީދު
ޝަހީދުންގެ ދުވަސް
ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ
 
ޝަހީދުންގެ ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަސް
 
ޖަލްސާ ވަނީ ކެންސަލް ކުރެވިފައި

ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ ޤައުމުގެ މިނިވަންކަމާއި އިސްލާމް ދީނުގެ ދިފާޢުގައި ޝަހީދުވެ ވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ ޝަހީދުންގެ ދުވަހުގައި އާކުރައްވާކަމަށެވެ.

އަދި ރައީސް ޞާލިހު ވަނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް ޙިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީ، ކޮންމެ އަހަރަކު ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒުން ވަނީ ނިންމާފައެވެ.

ޝަހީދުންގެ ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަސް ހާއްސަ ވަނީ، ޕޯޗުގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތް ކުރަން ހަނގުރާމަ ކުރެއްވަނިކޮށް ޝަހީދުވި، ޝަހީދު އަލި ރަސްގެފާނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
50%
0%
ކޮމެންޓް