ކ. މާލެ
|
25 މާރޗް 2020 | ބުދަ 19:36
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ކޮވިޑް-19
10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުން: ރައީސް
 
ރާއްޖެއަށް ތެލުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވޭ

ދިހަ މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިހަ މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމަށް ކަމަށެވެ. އަދި ފަސް މަސް ދުވަހަށްވާ ވަރަށް ފުށުގެ ސްޓޮކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި 5 މަސް ދުވަހަށްވާ ވަރަށް ފުށުގެ ސްޓޮކެއް، އަންނަ އޭޕްރީލް މަހުގެ 15ގެ ނިޔަލަށް ހަމައަށް ރާއްޖެއަށް ގެނައުމަށް
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް ތެލުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވާކަމަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް