ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ކޮވިޑް-19

އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތް މީރާއިން ހަމަޖައްސައިފި

  • މީރާ އިން ބުނީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2010 ގެ ނިޔަލަށް

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 25 މާރޗް 2020 | ބުދަ 21:52 1,565

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) - ޝުއައިބް މުހައްމަދު އިގްބާލް

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް، އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.

މިރާ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާތީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް، އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް އެ އޮތޯރިޓީން ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސައިދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ 3 މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާދެއްކުމަށް އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެއިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭނެ ކަމަށެވެ.

މީރާ އިން ބުނީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2020 ގެ ނިޔަލަށް ކަމަށެވެ.

އަދި 1 ޑިސެންބަރު 2019 އިން ފެށިގެން 28 ފެބުރުވަރީ 2020 އަށް، ޚާއްސަ އިނާޔަތެއްގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސަމުންދިޔަ ލުއިތަކާ އެކު އިންސްޓޯލްމަންޓް ތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް 30 ޖޫން 2020 ގެ ނިލަޔަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުއްދަތުތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ހަމަޖެހިފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް