ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ކޮވިޑް-19

ވަޓްފޯޑުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހަޅައިފި

  • މި ދަނޑިވަޅުގައި ދެވެން އޮތް އެހީތެރިކަމެއް ދޭން ތައްޔާރު ކަމަށް ވަޓްފޯޑުގެ ޗެއާމަން ވިދާޅުވި

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 25 މާރޗް 2020 | ބުދަ 15:45 3,467

ވަޓްފޯޑުގެ ދަނޑު - ގެޓީ އިމޭޖާސް

އިނގިރޭސި ކްލަބު ވަޓްފޯޑުގެ ދަނޑު އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހަޅައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ވަޓްފޯޑުން އެޓީމުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހެޅިއިރު، އެ ދަނޑު ހުންނަނީ ވަޓްފޯޑް ޖެނެރަލް ހޮސްޕިޓަލާ ޖެހިގެންނެވެ. ވަޓްފޯޑުގެ ޗެއާމަން ސްކޮޓް ޑަކްސްބަރީ ވިދާޅުވީ މި ދަނޑިވަޅުގައި ނެޝަނަލް ހެލްތު ސާވިސަސްއަށް ދެވެން އޮތް އެހީތެރިކަމެއް ދޭން ތައްޔާރު ކަމަށާއި، ނެޝަނަލް ހެލްތު ސާވިސަސްއިން ބޭނުންވެއްޖެ ނަމަ އެ ދަނޑު ބޭނުންކުރެވޭނެ ކަމަށެވެ.

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އިނގިރޭސިވިލާތުގެ ދިރިއުޅޭ އާންމު ރައްޔިތުން ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށް ދާދި ފަހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޯމަ ދުވަހުގެރޭ ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެގައުމުގައި ހުރި ފިހާރަތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ ދެންހުރި ހުރިހާ ފިހާރައެއް ބަންދުކުރުމަށާއި އާންމު އެއްވާތަންތަނަށް ދެމީހުން އަށްވުރެ އިތުރަށް ދިއުން މަނާކުރާ ކަމަށެވެ.

ވަޓްފޯޑުން އެޓީމުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހެޅިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. އަދި އިންގްލެންޑުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއިގެ އިތުރުން އިނގގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ޕޯޓްސްމަތުގެ ހަތަރު ކުޅުންތެރިއަކުވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 8،077 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މި ބަލީގައި އެގައުމުން 422 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް