ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ކޮވިޑް-19

ކޮވިޑް-19: ވޮންޑަރ ވުމަން 1984 ވެސް ރިލީޒްކުރުން ފަސްކޮށްފި

  • މިހާރު ފަސްކުރެވެމުންދަނީ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމްތައް
  • ވޮންޑަރ ވުމަން 1984 ދެން ރިލީޒްކުރާނީ އޮގަސްޓް 14 ގައި
  • އެ ހިސާބަށްދާއިރު ކޮވިޑް-19ގެ ބިރުވެރިކަމުން ދުނިޔެ ސަލާމަތް ވެފައިވާނެކަމަށް އުއްމީދު ކުރާކަމަށް އެ ކުންފުނީގެ ޗެއާމަން ޓޯބީ އެމްރިކް ބުނި

އައިޝަތު ޝާނީ
Shaaknee

ކ. މާލެ 25 މާރޗް 2020 | ބުދަ 12:54 1,044

ވޮންޑަރ ވުމަން 1984 ގެ ޕޯސްޓަރެއް - ޑީސީ

ދުނިޔޭގައި އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން މިހާރު ވެސް ހޮލީވުޑްގެ އެތަކެއް ފިލްމެއް ރިލީޒްކުރާ ދުވަސް ފަސްކޮށްފައިވާއިރު، މި ލިސްޓަށް އެންމެ ފަހުން އަރާފައިވަނީ ވޮންޑަރ ވުމަން 1984 އެވެ.

މިހާރު ފަސްކުރެވެމުންދަނީ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމްތަކެވެ. އެގޮތުން، ވޮންޑަރ ވުމަން 1984 ރިލީޒް ކުރަން ކުރިން ނިންމާފައިވަނީ 5 ޖޫންގައެވެ.

ވޯނަރ ބްރަދަރސްގެ މި ފިމްލް ދެން ރިލީޒްކުރާނީ އޮގަސްޓް 14 ގައެވެ. އަދި އެ ހިސާބަށްދާއިރު ކޮވިޑް-19ގައި ބިރުވެރިކަމުން ދުނިޔެ ސަލާމަތް ވެފައިވާނެކަމަށް އުއްމީދު ކުރާކަމަށް އެ ކުންފުނީގެ ޗެއާމަން ޓޯބީ އެމްރިކް ބުންޏެވެ.

ގަލް ގަޑޮޓް ލީޑް ރޯލުން ފެންނަ ވޮންޑަރވުމަން ފްރެންޗައިސްގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައިވަނީ 2017 ގައެވެ. އަދި އެ ފިލްމްވަނީ އެ އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްތަކުގެ ލިސްޓްގެ ތިންވަނައިގައެވެ.

ދުނިޔޭގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު، ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އެތަކެއް މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިންގ ހިމެނޭއިރު، ގިނަ ގައުމުތަކުން ދަނީ ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް އާންމުންނަށް އަންގަމުންނެވެ.

މިކަމާ ގުޅިގެން ޕާކްތަކާއި ކެފޭތައް ބަންދު ކުރަމުންދާއިރު، ސިނަމާތައްވެސް ދަނީ ބަންދުކުރަމުންނެވެ.

ޖޫން މަހު ރިލީޒްކުރަން ކުރިން ނިންމާފައިވާ އަދި މިހާރު ފަސްކުރެވިފައިވާ ފިލްމްތަކުގައި ތެރޭގައި ބްލެކް ވިޑޯ، މޫލާން، ފާސްޓް އެންޑް ދަ ފިއުރިއަސް ފްރެންޗައިސްގެ އެފް9 އަދި އިން ދަ ހައިޓްސް ހިމެނޭއިރު، ރިލީޒްތަކުގެ ތެރޭގައި އަދި ފަސްކޮށްފައި ނުވާ ފިލްމްތަކުގެ ތެރޭގައި ކޭންޑީމޭން، ޓޮޕް ގަން: މެވްރިކް، ސޯލް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް