ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 20:29
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ޢަބުދުﷲ ހަސީން
ކޮވިޑް-19
މިރޭ 12 އިން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފި
 
އަންގާރަ ދުވަހު 12 އިން ފެށިގެން ލޮކްޑައުން ކުރަނީ
 
ހުރިހާ ރައްޔިތުންވެސް އަމަލުކުރުމަށް ގޮވައިލެއްވި
 
އިންޑީއާގައި ކޮވިޑް-19 ޖެހުނު މީހުން އަދަދު ވަނީ 500 އަށްވުރެ މަތީގައި

ކޮވިޑް-19 ހުއްޓުވުމަށް އަޅާ ފިޔާވަޅެެއްގެ ގޮތުން އަންގާރަ ދުވަހުގެރޭ 12 އިންފެށިގެން 21 ދުވަހުގެ މުއްދަތަކަށް އިންޑިއާ ލޮކްޑައުންކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވި އިންޑިއާގެ ރައްޔިތުންނަށް މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ. މޯދީ ވިދާޅުވީ، ލޮކްޑައުންގައި އަމަލު ކުރަމުންދަނީ ކާފިޔުގައި އަމަލުކުރާ ގޮތަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން ގައުމުގެ އިގްތިސާދަށް އޭގެ އަސަރުކުރާނެ ކަމަށާއި، އެހެން ނަމަވެސް އިންސާނުން ސަލާމަތްކުރުން މުހިއްމު ކަމަށެވެ.

މޯދީ ވިދާޅުވީ، ސިއްހީ މާހިރުން ބުނާގޮތުންނަމަ އިންފެކްޝަންގެ ސައިކަލް ހުއްޓުވުމަށް މަދުވެގެން 21 ދުވަސް ބޭނުންވެއެވެ. އަދި ކުރިޔަށް އޮތް 21 ދުވަސް ތެރޭގައި ޕެންޑެމިކް މެނޭޖް ނުކުރެވިއްޖެނަމަ މީގެ 21 އަހަރު ކުރިޔަށް އައިލާތައް ދާނެ ކަމަށެވެ. އިންޑީއާގައި ކޮވިޑް-19 ޖެހުނު މީހުން ވަނީ 500 އަށްވުރެ މައްޗަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
86%
0%
14%
0%
ކޮމެންޓް