ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 17:52
ދިރާގު ޕޭ އިން ރައްކާތެރިކަމާ އިތުބާރާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ
ދިރާގު ޕޭ އިން ރައްކާތެރިކަމާ އިތުބާރާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ
ދިރާގު
ދިރާގު
ދިރާގު ޕޭގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފި
 
ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ ބޭނުން ކުރޭ
 
އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުން 3 މަސްދުވަހުގެ ފީ ނުނަގާނެ
 
ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުން ވެސް ޚިދުމަތް ހޯދޭނެ

ދިރާގު ޕޭގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަން މަޖުބޫރު ވެފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ކަންތައްތައް ކުރާ ގޮތާ ހިލާފަށް އިތުރު އެހެން ގޮތް ގޮތް ހޯދަން ޖެހޭ ކަމަށެވެ.

މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ކެނޑިނޭޅި ސިއްހީ މާހިރުން ދަނީ ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާގުން ބުނެއެވެ.

ސަބަބަކީ، މި ތަކެއްޗަކީ އެތައް ބައެއްގެ އަތްމަތިން ދައުރުވާ ތަކެއްޗަށްވުމާއި، ގޭގައި ތިބެގެން ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރ ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން ވަނީ އިތުރަށް ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ދިރާގުން ބުނީ، ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށްވަނީ ފަށާފައިވާ ކަމަށާއި، ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހު ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔުއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ދިރާގު ޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ.

އޭގެތެރޭގައި ޑެލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލް ޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގުން ދަނީ އިތުރު ވިޔަފާރިތައްވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމަ މިއާއެކު، މި ޑިޖިޓަލް ޚިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ.

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ޚިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށްވެސް ވާކަށް ނުޖެހޭނެއެވެ.

ދިރާގުގެ ހުރިހާ ޚިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައި އެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްސް ބޭނުންކުރަމަށް ބާރު އަޅަމުންދާއިރު، ދިރާގު ޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެއެވެ. އަދި ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް