ކ. މާލެ
|
24 މާރޗް 2020 | އަންގާރަ 13:57
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނަލް މެސީ
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން ބާސާގެ ކެޕްޓަން ލިއޮނަލް މެސީ
ގެޓީ އިމޭޖަސް
ކޮވިޑް-19
މުސާރަ ކުޑަކުރަން ބާސާ ކުޅުންތެރިން އެއްބަސްވެއްޖެ
 
ސްޕެނިޝް ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި
 
މުސާރަ ކުޑަކުރުމާ ގުޅޭގޮތުން ބާސާއިން ވަނީ އެ ކްލަބުގެ ކުޅުންތެރިންނާ ވާހަކަދައްކާފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ކުރިމަތިވާ މާލީ ގެއްލުންތަކުގެ ސަބަބުން މުސާރަ ކުޑަކުރަން ބާސެލޯނާ ކުޅުންތެރިން ތިބީ ތައްޔާރަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސްޕެނިޝް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުސާރަ ކުޑަކުރުމާއި ގުޅޭގޮތުން ބާސާއިން ވަނީ އެ ކްލަބްގެ ކުޅުންތެރިންނާއި ވާހަކަދައްކައިފައެވެ. އަދި އެކަމުގައި ކުޅުންތެރިނާއި އޮފިޝަލުން ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫރަޕުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުވެސް ވަނީ މެދު ކަނޑައިލައިފައެވެ. އަދި ސްޕެނިޝް ލީގު މިހާރު ވަނީ ދެވަނަ ފަހަރަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލީގު ފެށުން އަނެއްކާވެސް ފަސްކުރީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނާއި އެލްއެފްޕީއޭއިން އިމްތިފާގުވުމުންނެވެ. އަދި ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން ހޫނު މޫސުމުގައި ލީގުގެ ކުޅުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް