ކ. މާލެ
|
23 މާރޗް 2020 | ހޯމަ 13:34
އެންޒީ
އެންޒީ
ފޭސްބުކް
ކޮވިޑް-19
އެންޒީން ކުރާ 200 ރުފިޔާއިން މަތީގެ ވިޔަފާރިތައް ޑެލިވަރ ކޮށްދެނީ
 
އެކުންފުނިން ބުނީ ކަސްޓަމަރުން ގޭގައި ތިބެގެން ފޯނުން ގުޅައި، އޯޑަރު ކުރެވޭނެ ކަމަށް

ކޮވިޑް-19 އާ ގުޅިގެން ބޭރަށް ނިކުތުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާއިރު އެންޒީގެ ފިހާރަތަކުން ކަސްޓަަމަރުންގެ އޯޑަރުތައް ގޭގެއަށް ޑެލިވަރީކޮށްދޭން ނިންމައިފި އެވެ.

އެގޮތުން ހޯމަ ދުވަހުން ފެށިގެން 200 ރުފިޔާ އިން މަތީގެ އޯޑަރުތައް ގޭގެއަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އެންޒީން ބުނެފައިވެ އެވެ.

އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ސްމޯކްޑް ޓޫނާގެ އެކި ބާވަތްތައް، ރޯމަސް، ދަޅު މަސް އަދި ބޭކަރީ އެންޑް ޕޭސްޓްރީ ގެ އުފެއްދުންތަކަށް އޯޑަރު ދިނުމުން ގެއަށް ގެންގޮސްދޭނެ ކަމަށް އެންޒީ އިން ބުންޏެވެ.

އެކުންފުނިން ބުނީ ކަސްޓަމަރުން ގޭގައި ތިބެގެން ފޯނުން ގުޅައި، އޯޑަރު ކުރެވޭނެ ކަމަށެވެ. މާލޭގައި ނަމަ ހޮޓްލައިން ނަމްބަރ 7248899 އަދި ހުޅުމާލޭގައި ނަމަ 7258899 އަށް ގުޅައިގެން އޯޑަރު ދެވޭނެ އެވެ

ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓާއި އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ހިއްސާ ކުރުމުން ގެއަށް ތަކެތި ފޯރުކޮށްދޭނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާއިރު، ގިނަ ފިހާރަތަކުން ވަނީ އޮންލައިން އޯޑަރު އަދި ގުޅައިގެން އޯޑަރު ދިނުމުން ގެއަށް މުދާ ގެންގޮސްދޭ ހިދުުމަތް ފަށައިފަ އެވެ. މާލެ ސަރަހައްދުގެ ކެފޭ، ރެސްޓޯރެންޓުތައް ޑައިން އިން އަށް ބަންދު ކުރުމާއެކު ރެސްޓޯރެންޓުތަކާއި ހޮޓާ އަދި ކެފޭތަކުންވެސް ދަނީ ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް